Wednesday, 19 June 2024
ހިޔާ ފްލެޓުގައި ކުޑަކުއްޖަކު ކުޑަ ދޮރުން ނުކުމެ, ސިޑި ގޮޅިއަށް ފައިބާ ވީޑިޔާއިން ނަގާފައިވާ ސްކްރިން ޝޮޓެއް

ހިޔާ ފްލެޓެއްގެ ކުޑަ ދޮރުން ކުއްޖަކު ފައިބާ ވީޑިއޯއެއް؛ މައްސަލަ ބަލަން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓެއްގެ ކުޑަ ދޮރުން ކުޑަ ކުއްޖަކު ސިޑިގޮޅިއަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ އާންމުވި ވީޑިއޯއިން ފެނިގެން ދަނީ ވައި ބާރު ވަގުތެއްގައި ކުޑަ ކުއްޖަކު ހިޔާ ފްލެޓެއްގެ ކުޑަދޮރުން ނުކުމެ، އެތަނުގައި ހަދާފައިވާ ޝީޓުގެ މައްޗަށް އަރައިގެން ގޮސް، ސިޑިގޮޅިއަށް ފައިބަން މަސައްކަތް ކުރަނިކޮށެވެ. އެއީ ރަތް ޓަވަރެއްގެ ފުރަތަމަ ފަންގިފިލާ ކަން އެ ވީޑީއޯއިން އެނގެއެވެ.

މި ވީޑިއޯ އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެނިގެން ދަނީ ނުވަ އަހަރުގެ އަންހެން ކުއްޖެއް ކަަމަށާއި، އަދި މިކަން ހުޅުމާލެ ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވެފައިވާ ކަމަށް، ރާއްޖޭގެ ނޫހެއް ކަމަށްވާ "ވަގުތު" ގައި ރިޕޯޓްކޮށްފައިވެއެވެ.

މި ވީޑިއޯ މީސްމީޑިއާގައި އާންމުވުމާއެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު