ފައިލް ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ލޮނު އުފެއްދުން: ވަޒީރު

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ލޮނު އުފެއްދުން ކަމަށާއި، ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ހުރި ވަސީލަތްތަކުގެ ފުރިހަމަ މަންފާ ހޯދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ކައްކާ ލޮނު ރާއްޖޭގައި އުފެއްދުމާއި ގުޅޭގޮތުން ހުރި ފުރުސަތުތައް ބެލުމުގެ މަސައްކަތް ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއާއި ހަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމާ ގުޅޭ ދިރާސާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ޔޫއެންޑީޕީއާއެކު މަޝްވަރާކުރަމުންދާކަން ފާހަގަކުރައްވަމުން، ވަޒީރު ސައީދު ވިދާޅުވީ ރާއްޖެއަށް އެކި ފެންވަރުގެ ލޮނު އެތެރެކުރާކަމަށާއި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ލޮނު އުފެއްދުންކަމަށެވެ.

ވަޒީރު ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެތެރޭގައި ރާއްޖޭގައި ކައްކާ ލޮނު އުފެއްދުމުގެ މަސައްކަތް ފެށިގެންދިއުންކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު