ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑު ދަތުރު ކުރެވޭވަރަށް ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭތީ، އެ މުއްދަތުގައި ރަށްތަކަށް ބޭނުންވާ ކާބޯތަކެއްޗާ ޒަރޫރީ ތަކެތި ގެންދިއުމަށް ސަމާލުކަން ދިނުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެންޑީއެމްއޭއިން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ދަތުރު ކުރުމަށް ބުރޫ އަރާފައި ވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ގެންދިއުމަށް ދަތިވެފައިވާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ.
ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ލިބުމުގެ ދަތިކަން ދިމާވެގެން، ށ. އަދި ރ. އަތޮޅުން ރިޕޯޓް ލިބުނުކަން ފާހަގަކުރައްވައި، ނިމުނު ހަފްތާގައި ވަރަށް ބޮޑަށް މޫސުން ގޯސްވުމަށްފަހު މިހާރު މަޑުމަޑުން މޫސުން ރަނގަޅުވަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދީފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
މާދަމާއިން ފެށިގެން ބުދަ ދުވަހާ ހަމައަށް، ކަނޑު ދަތުރުކުރެވޭވަރަށް މޫސުން ތަންދޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއާ ހަވާލާދީ އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
އެހެންވެ، މި މުއްދަތުގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްތަކަށް ގެންދިއުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ހުޅަނގު މޫސުން އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ދެ ކޮޅިގަނޑެއްގެ އަސަރު ކޮންގެން މިދިޔަ ހަފްތާފައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވިއެވެ. އެގޮތުން އޮރެންޖު އިންޒާރުވެސް ދިޔައީ ނެރެމުންނެވެ.