އޮޔާދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި

ސިނަމާލެ ބްރިޖް ކައިރިން އޮޔާ ދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާދިސާއާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ، އެމިހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި، އެއީ އަންހެނެއް ކަމަށެވެ. އެއަންހެން މީހާ އޮޔާ ދަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މެންދުރު 12:35 އެހައިކަށްހާއިރު އެވެ.

މިއަދު މެންދުރު ހިނގި މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާއިރު، މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ދެއްވާފައެއް ނުވެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު