އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން އަދި ބޮޑުވަޒީރު ބިޝަރު އަލްހަޞަވުން އަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން  ވިދާޅުވި ގޮތުގައި، އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި ބޮޑުވަޒީރު އަލްހަޞަވުންއަށް ވަކިވަކިން ރައީސުލްޖުމުހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ‌‌‏އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އުރުދުންގެ ސަރުކާރަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ރަސްގެފާނު އަބްދުﷲ އަދި ބޮޑުވަޒީރު އަލްހަޞަވުން ފުރިހަމަ ސިއްޙަތެއްގައި ލެހެއްޓެވުމަށާއި އުރުދުންއަށް ފާގަތި އުޖާލާ ކުރިމަގެއް އައުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައިވާ ކަމަަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އުރުދުންގެ މިނިވަން ދުވަސް ފާހަގަ ކުރަނީ 1946 ވަނަ އަހަރު މެއި މަހު 25 ވަނަ ދުވަހު އޭރު އޮތް އުސްމާނީ ޚިލާފަތުގެ ދަށުން މިނިވަންކަން ހޯދުމަށް ފަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު