Saturday, 15 June 2024
ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި، ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަކީ ގާތް ގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި އެއްބަސްވުމުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ލައިޓްތަކުގެ މިހާރުގެ ހާލަތު ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި، މުޅި ލައިޓް ސިސްޓަމްގެ ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ކަންކަން ހިމެނޭ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވިދާޅުވެއެވެ.

ސްޕޯޓްސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ދަނޑުގެ ލައިޓިން މަރާމާތުކުރުމުގެ މަސައްކަތުގައި ފުރަތަމަ ކުރިއަށްގެންދިޔައީ ލައިޓްތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި އެކަންތައްތައް ދެނެގަތުމުގެ މަސައްކަތެވެ. އޭގެ ފަހުން މިހާރު ވަނީ ލައިޓްތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ސްޕޯޓްސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިދިޔަ ފަސް އަހަރަށް ބަލާއިރު، ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހި ފުޓްބޯޅަ ސީޒަންގެ މެޗުތައް ކުރިއަށްގެންދިޔުމަށް ދަތިތައް ދިމާވިއެވެ. އެންމެ ފަހުން މިދިޔަ އޮގަސްޓް މަހު ދަނޑުގެ ލައިޓްތައް ވަރަށް ބޮޑަށް މައްސަލަޖެހި ބޭނުންނުކުރެވޭވަރުވަނީ ވެފައެވެ.

އެހެންވެ އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް ކުޅެން ޖެހުނީ ހަވީރު ކަމަށާއި، ރޭގަނޑު މެޗުތައް ނުކުޅެވުމުގެ ސަބަބުން މުބާރާތުގެ މެޗުތައް ދޮޅުމަހަށްވުރެ ދިގުލައިގެންދިޔަ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވިދާޅުވިއެވެ.

ސްޕޯޓްސް މިނިސްޓްރީން ވިދާޅުވި ގޮތުގައި، ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އިން ކުރަމުން އަންނަ ލައިޓްތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަ  މަހުގެ ކުރީކޮޅު ނިންމާލެވެނޭކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު