މިއަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތައް ކަނޑައަޅުއްވައިފިއެވެ.
ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އިން ވިދާޅުވި ގޮތުގައި، 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް އެ ވުޒާރާއިން ކަނޑައަޅާފައިވަނީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު، ރާއްޖޭގެ މެދުން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ އަދި ރާއްޖޭގެ ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި އެވެ.
މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން، ދިވެހިބަހާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްރަށުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރުން 7 ރަށް، މެދުރާއްޖެ ތެރެއިން 10 ރަށުގެ އިތުރުން ރާއްޖޭގެ ދެކުނުން 9 ރަށެވެ.
ގުޅުންހުރި:
އަޟްޙާ ޢީދު ފާހަގަކުރަން 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅައިފި