16 ފެބުރުވަރީ 2025

އޭޕްރީލް މަހު 168 މީހަކަށް ޒަކާތު ފަންޑުން އެހީ ދީފި

މިދިޔަ މަހު 168 މީހަކަށް ޒަކާތު ފަންޑުން އެހީދީފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން، ތަފާސްހިސާބުތަކުން ދައްކާގޮތުން މައިގަނޑު 5 ކަމަކަށް ޒަކާތު ފަނޑުން އެހީ ދީފައިވެއެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ނިއުމޯނިއާއަށް ފަރުވާ ކުރުމަށާއި، ހަށިގަނޑުން ބައެއް ފިހުމުން ފަރުވާ ހޯދުމަށާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށާއި، އެހެނިހެން ބޭނުންތަކަށެވެ.

ޒަކާތު ފަންޑުން އެހީދިން މިންވަރު:

• ކެންސަރަށް ފަރުވާކުރުމަށް 3 ލައްކަ ރުފިޔާ
• ހިތުގެ އޮޕަރޭޝަންކުރުމަށް 1.06 ލައްކަ ރުފިޔާ
• ނިއުމޯނިއާއަށް ފަރުވާކުރުމަށް 1 ލައްކަ ރުފިޔާ
• ހަށިގަނޑުގެ ބައެއް ފިހުމުން ފަރުވާއަށް 1.65 ލައްކަ ރުފިޔާ
• ސިކުނޑީގެ އޮޕަރޭޝަންކުރުމަށް 25 ހާސް ރުފިޔާ
• އެހެނިހެން ކަންކަމަށް 7.31 މިލިޔަން ރުފިޔާ

އޭޕްރީލް މަހު އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި އޮތީ 1.5 މިލިޔަން ރުފިޔާ ކަމަށާއި، ނަމަވެސް މިދިޔަ މަހު 5 ލައްކަ ރުފިޔާ އެހީގެ ގޮތުގައި ދީފައިވާ ކަމަށާއި މީގެ ތެރޭގައި މާރޗް މަހު އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ޚަރަދުތައް ހިމެނޭކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

މިދިޔަ މަހު 9.2 މިލިޔަން ރުފިޔާ ފިޠުރުޒަކާތުގެ ގޮތުގައި ޒަކާތުގެ ޙައްޤުވެރީންނަށް ދީފައިވާއިރު، 4.8 ލައްކަ ރުފިޔާ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ޒަކާތު ހައުސްއިން ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، މޯލްޑިވްސް ޒަކާތު ހައުސް ރައީސް އުފައްދަވާ، މި އިދާރާ އިފްތިތާޙް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތައް

  1. ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  2. ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުން.
  3. ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުން.
  4. ރާއްޖޭގެ ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި، އެ ފަންޑު ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން.
  5. ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުން.
  6. ރާއްޖޭގެ މާޙައުލުގައި ޒަކާތާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމަށް ދިރާސާތައްކުރުމާއި، އެފަދަ މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  7. ޒަކާތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
  8. ޒަކާތާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ޒަކާތު ފަންޑުން އިންވެސްޓްކުރަމުންދާ ގޮތުގެ މައުލޫމާތާއި، ޒަކާތު ފަންޑާބެހޭ އާންމު މައުލޫމާތާއި، ޒަކާތް ދައްކާ ފަރާތްތަކާއި، ޒަކާތް ލިބިގަންނަ ފަރާތްތަކާ ގުޅޭ ތަފާސް ހިސާބާއި، ޒަކާތުގެ ގޮތުގައި ބަލައިގަނެވޭ ތަކެއްޗާއި، ފައިސާއާގުޅޭ ތަފާސް ހިސާބާއި، ޒަކާތާގުޅޭ އެހެނިހެން ތަފާސް ހިސާބު އެއްކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، މައުލޫމާތު ހާމަކުރުން.
  10. ޒަކާތާ ގުޅުންހުރި ކޮމިޓީތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
  11. ޒަކާތާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެފަދަ ޕުރޮގުރާމުތައް ރާވައި ހިންގާ ފަރާތްތަކަށް، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު