Saturday, 15 June 2024
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އިންތިޚާބުކޮށްފި

އެމްޑީޕީ ޕީޖީ ލީޑަރަކަށް ނާޒިލް އިންތިޚާބުކޮށްފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އިންތިޚާބުކޮށްފިއެވެ.

އެމްޑީޕީން ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް އެ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މި އިންތިޚާބު މެއި 28 ވަނަ ދުވަހު ބާއްވާނެ ކަމަށް ކުރިން އިއުލާން ކުރި ނަމަވެސް އެމްޑީޕީން ވަނީ މަގާމުތަކަށް މެންބަރުން އިންތިޚާބުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

އެ ޕާޓީން ވަނީ އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާއަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރު އިބްރާހިމް ނާޒިލް އިންތިޚާބު ކޮށްފައެވެ. 12 މެންބަރުންނާއެކު އެމްޑީޕީއަކީ 20 ވަނަ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށްވާއިރު ނާޒިލް ވެގެންދާނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރަށްވެސްމެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ދެ ޑެޕިއުޓީ ލީޑަރުން ވަނީ އިންތިޚާބުކުރައްވާފައެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރ ހުސައިން ޒިޔާދާއި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީއެވެ. އަދި ސެކްރެޓަރީ ޖެނެރަލަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އިންތިޚާބުކުރައްވާފައިވާއިރު ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް އިންތިޚާބު ކުރައްވާފައިވަނީ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރެވެ.

އަދި އެމްޑީޕީ ޕީޖީގެ ޗީފް ވިޕަކަށް އިންތިޚާބު ކުރައްވާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. އަދި ވިޕްގެ މަގާމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ވަނީ އިންތިޚާބުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު