Thursday, 20 June 2024
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައި ބޭއްވި "ފްރޮމް އެމްބިޝަން ޓު ޕްރެކްޓިސް: އެޑްވާންސިންގ ސިޑްސް4 ގޯލްސް ތްރޫ ދި ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް (ސީ.އެސް.އާރު.އައި) އިނިޝިއޭޓިވް" ސެޝަންގައި، ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލާދެކޮޅަށް ކުރިއެރުން ހާޞިލުކުރެވިދާނެ ކަންކަން ހަޤީޤަތަކަށް ހެދުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި

ސިޑްސް4ގެ މުހިންމު އަމާޒުތަކުން މޫސުމީ ބަދަލާދެކޮޅަށް ކުރިއެރުން ހާޞިލުކުރެވިދާނެ ކަންކަން ހަޤީޤަތަކަށް ހެދުމުގައި ސިޑްސްއާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައި ބޭއްވި "ފްރޮމް އެމްބިޝަން ޓު ޕްރެކްޓިސް: އެޑްވާންސިންގ ސިޑްސް4 ގޯލްސް ތްރޫ ދި ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް (ސީ.އެސް.އާރު.އައި) އިނިޝިއޭޓިވް" ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިމުގެ ބޮޑުމިނުން ބަލާއިރު ނިސްބަތުން ކުދި ޤައުމުތަކެއްގެ ގޮތުގައި ފެނުންނަމަވެސް، ސިޑްސްގެ ޤައުމުތަކުން އަންނަނީ ވިލުންތެރިކަމުގައި ނަމޫނާ ދައްކައި، ނުގުޑާ ފަދަ އަޒުމާއެކު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހިތްވަރު ދައްކަމުން ކަމުގައި ވިދާޅުވިއެވެ. މޫސުމީ ކާރިސާއިން ސަލާމަތްވުމަށް ޤައުމުތަކުން އަޒުމާއެކު މަސައްކަތް ފެއްޓުވުމަށާއި ޢާންމު އުސޫލުން ކަންކަން ކުރުމުން މިކަމުގައި ދެން ނުފުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް (ސީ.އެސް.އާރު.އައި) އިނިޝިއޭޓިވް އަކީ ދިވެހިރާއްޖެއިން އިސްނަގައިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ ބައިވެރިންނާ ގުޅުވައިދީ، ސިޑްސްގެ ޤައުމުތަކާއި ސަރަހައްދީ ޤައުމުތަކުގެ ގުޅުންތަކުގެ އެހީގައި ޤުދުރަތީ އުފެދުމުގައި ހުރި ޚާއްޞަކަމުގެ ބޭނުން ހިފައިގެން އަދި މި ޖަޒީރާތަކަށް ނިސްބަތްވާ އެންމެންގެ ތަޖުރިބާގެ އެކެއް އަނެކަކާ ހިއްޞާކޮށް، އޭގެ އަލީގައި ތަރައްޤީގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުކޮށައިދިނުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ސިޑްސްގެ ޤައުމުތަކުގެ ކުރިމަގު ހިމާޔަތް ކުރުމަށްޓަކައި، މިފަދަ އިސްނެގުންތަކުގެ އަލީގައި ހާޞިލުކުރެވިދާނެފަދަ ޙައްލުތައް ހޯދައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގައި ލިބޭ ކުދިކުދި ކުރިއެރުންތަކަށްވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވުމަށް އަދި ޖަޒީރާތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދުޅަހެޔޮކަން ހަރުދަނާކުރުމުގައި އައު ތަޖުރިބާތައް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު