Thursday, 20 June 2024

ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ރާއްޖެއަކީ ދުނިޔެއަށް މިސާލެއް: ވަޒީރު

ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ މިހާރު ދުނިޔެއަށް މިސާލެއް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

އައިޓީބީ ޗައިނާފެއަރގެ ތެރެއިން އެމްއެމްޕީއާރުސީއިން 'މޯލްޑިވްސް މީޑިއާ މީޓް’ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީއައިޕީ ސްޕީކަރުގެގޮތުގައި ބައިވެރިވެވަޑައިގެން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑަށްފަހު އިއާދަވަމުންދާއިރު، ފަތުރުވެރިކަން ނަގަހައްޓައި ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ މިހާރު ދުނިޔެއަށް މިސާލެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ސިއްހީ ކާރިސާތަކާއި، އިޤްތިސާދީ ލޮޅުންތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނުތައް ލިބޭނެ އިންތިޒާމް އަލަށް ޤާއިމްކުރި ޑިވެލޮޕްމަންޓު ބޭންކާއި އެކު ފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ތެރޭގައި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު ޑިޖިޓަލް ޕޭއިމެންޓް ނެޓްވޯކެއް ޤާއިމުކުރުމަށް އެމްއެމްޕީއާރުސީއާއި ވެއިޒިން ޕޭއި އާއި ދެމެދު އެމްއޯޔޫގައި ސޮއިކޮށްފައެވެ. އެމްއެމްޕީއާރުސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒިހުނީ ރަޝީދު އަދި ވެއިޒިން ޕޭއިން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ އެޓިއެން އެން ޖީ އެވެ.

މިމަހުގެ 29-27އަށް ޝެންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ އައިޓީބީ ޗައިނާ ފެއަރގައި ދިވެހިރާއްޖެ ބައިވެރިވަނީ 'އޮފިޝަލް ޑެސްޓިނޭޝަން ޕަރޓްނަރު’ގެ ގޮތުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު