15 ޖަނަވަރީ 2025
ރައީސް މުޢިއްްޒު، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި، ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްްޒު، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާގެ ސަރުކާރުން ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިންތިޒާމުތައް ކުރައްވާފައިވާ ފުރިހަމަކަމަށް ތަޢުރީފުކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް އެޤައުމުން އަދާކުރެއްވި މެހުމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮންފަރެންސްގައި މަޝްވަރާކުރި ބައެއް މައްސަލަތަކާއި ތަރައްޤީވަމުންވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވިލުންތެރިކަން އިތުރުކުރުމާއި އިސްކަންދޭ މުހިންމު މައްސަލަތަކުގައި މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް 2024 މެއި 27 އިން 29 ބާއްވާފައި ވަނީ އެންޓީގާ އެންޑް ބާބިޔުޑާގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު