Thursday, 20 June 2024

އެމްއެމްޕީއާރްސީއާ ވީޗެއްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް މަގުފަހި ކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ވެއިޒިންޕޭ ތަޢާރަފްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އާއި ވީޗެޓް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދާއި ވެއިޒިން ޕޭގެ ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ވެއިޒިން ޕޭގެ ކަންޓްރީ މެނޭޖަރު، ސިންގަޕޫރު އަދި ރީޖަނަލް ޑިރެކްޓަރު، ސައުތުއީސްޓް އޭޝިއާ، ވީޗެޓް ޕޭގެ އެޓިއެން އޭންގްއެވެ.

ތިން އަހަރު ދުވަހުގެ މި އެއްބަސްވުމުގައި ވާގޮތުން އެމްއެމްޕީއާރުސީއިން ޗައިނާގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ވެއިޒިންޕޭ ބަލައިގަތުމަށް އިތުރު ދިވެހި ވިޔަފާރިވެރިންނަށް އެއްބާރުލުން ދޭނެއެވެ. އައިޓީބީ ޗައިނާގެ މިއަހަރުގެ އެޑިޝަންގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސްއެވެ.

މި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ވެއިޒިން ޕޭ ތައާރަފްކުރާތީ އުފާކުރައްވާ ކަމަށާއި މިއީ ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ގާއިމުކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. މިހާރު ޗައިނާގެ ދަތުރުވެރިންނަށް އުނދަގުލަކާ ނުލައި ޕޭމަންޓްތައް ހެދުން ފަސޭހަވެއްޖެކަމަށާއި އެބޭފުޅުންގެ ރާއްޖޭގައި ހޭދަކުރާ ޗުއްޓީ ތަޖުރިބާ މިކަމާ ގުޅިގެން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

އެޓިއެން އޭންގް ވިދާޅުވި ގޮތުގައި ވެއިޒިން ޕޭ މިހާރު ދަނީ ރާއްޖޭގެ އެއާޕޯޓް ޑިއުޓީ ފްރީގެ އިތުރުން ސަލާ ތައި އަދި ސިޓީ ގާޑަން ފަދަ މަޝްހޫރު ރެސްޓޯރެންޓްތަކުގައި ޕައިލެޓް ކުރަމުންކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ރިސޯޓް އަދި ހޮޓަލްތަކުގެ ތެރެއިން ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާ، އަދާރަން ސިލެކްޓް ހުދުރަންފުށި، އަދާރަން ކްލަބް ރަންނާޅި، އަދާރަން ޕްރެސްޓިޖް ވާޑޫ، އަދާރަން ޕްރެސްޓިޖް ވޯޓާ ވިލާސް، ވެލާ ޕްރައިވެޓް އައިލެންޑް، ޝެވަލް ބްލަންކް ރަންދެލި ޕްރައިވެޓް އައިލެންޑް، ދަވާ އިހުރު މޯލްޑިވްސް، އަޔާޑާ މޯލްޑިވްސް، މެރިއޮޓް ބޮންވޯގެ ދަށުން އަންނަ ރިސޯޓްތައް، ބަނިއަން ޓްރީ ވަބިންފަރު، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް، އަންގްސާނާ ވެލާވަރު އަދި އަންގްސާނާ އިހުރު ހިމެނެއެވެ. މި އިނީޝިއޭޓިވްގެ ދަށުން ޕޭމަންޓް އޮޕްޝަން އިންޓަގްރޭޓް ކުރާ 8،000 މާޗަންޓުން މުޅި ރާއްޖެއަށް ތިބޭނެ ކަމަށް ބެލެވޭކަމަށް އޭނަ ވިދާޅުވިއެވެ.

އެޓިއެން އޭންގް ވިދާޅުވީ، ވެއިޒިން ޕޭ އަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ކަމާއެކު ފައިސާ ދެއްކުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއްކަމަށާއި، ވިސާ އެކްސްޕެންޝަން ޕޮލިސީ އަށް އަމަލުކުރަން ފެށި ފަހުން، ވެއިޒިން ޕޭ ބޭނުންކުރާ ގިނަ ބަޔަކު ވަނީ ރާއްޖެއަށް ދަތުރުކުރަން ހިޔާރުކޮށްފަކަމަށެވެ.

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރި އެގްރީމަންޓް އޮން މިއުޗުއަލް އެކްސްޕެކްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް އަށް އަމަލުކުރަން ފެށީ ޗައިނާއިން ވިސާ ފްރީ ސިޔާސަތު އިތުރު ގައުމުތަކަށް ފައިދާވާ ގޮތަށް ފުޅާކުރަމުން ދަނިކޮށެވެ. އެހެންކަމުން މޭޑޭ އާއި ގައުމީ ދުވަހުގެ ޗުއްޓީ ފަދަ މަގުބޫލު ދަތުރުތަކުގައި ޗައިނާގެ ޓޫރިސްޓުން އެންމެ ގިނައިން ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު