Saturday, 15 June 2024
އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައްް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން، މާލީ ވަޒީރު އިފްތިތާޙް ކޮށްދެއްވައިފި، ފޮޓޯ: އާންމު މަސައްކަތްތަކާއިބެހޭ ވުޒާރާ

އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައްް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން، އިފްތިތާޙް ކޮށްދެއްވައިފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއިބެހޭ ވުޒާރާއިން އަތޮޅުތަކުގެ ޕަބްލިކް ވާރކްސް ޚިދުމަތް ހަރުދަނާކުރުމަށް ދެ ދުވަހަށް ކުރިއަށް ގެންދާ މަސައްކަތުބައްދަލުވުން މާލީ ޑޮކްޓަރ މުޙައްމަދު ޝަފީޤް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އަތޮޅުތެރޭގެ ޕަބްލިކް ވާރކްސް ސައިޓްތަކުގައި މަސައްކަތްކުރައްވާ މުއައްޒަފުންނަށް އަމާޒުކުރައްވައިގެން 2 ދުވަހުގެ މުއްދަތަށް ސްޓެލްކޯ މާލަމްގައި ކުރިއަަށް ގެންދާ މަސައްކަތު ބައްދަލުވުުމަކީ މި ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި ބައްދަލުވުން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވިިދާޅުވީ ޕަބްލިކް ވާރކްސްގެ މަސައްކަތަތަކަކީ ރާއްޖެއަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި ތަރައްޤީގެ އެކި ޕްރޮޖެކްޓްތައް ނިންމުމުގައި ޕަބްލިކްވަރކްސްގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ.

"ދިވެހިރާއްޖޭގެ ޕަބްލިކްސް ވަރކްސްއަކީ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ތަނެއް. މަރްޙޫމް ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖޭގެ އެންމެ އަގު ބޮޑު ރައުސްމާލް ކަމުގައިވާ ހުޅުމާލެ ތަރައްްްޤީ ކުރެވިގެން އައި ގޮތަކީ ވަރަށް މުހިންމު ކަމެއް" ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ ޕަބްލިކް ވަރކްސްގެ މަސައްކަތްތަކަކީ ވީހާ ވެސް ޚަރަދު ކުޑަގޮތަކަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ވުމަކީ ލިބޭ ވަރަަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު