Wednesday, 19 June 2024
77 ވަނަ ވޯލްޑް ހެލްތު އެސްމްބްލީގައި

ފަލަސްތީނުގެ މުސްލިމުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ހެލްތު މިނިސްޓަރ ގޮވާލައްވައިފި

ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލުމަށް މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލް ގޮވާލައްވައިފިއެވެ. މިނިސްޓަރ މިކަމަށްގޮވާލެއްވީ 77 ވަނަ ވޯލްޑް ހެލްތު އެސްމްބްލީގައި ތަގްރީރުކުރައްވަމުންނެވެ.

މިނިސްޓަރ ގެ ތަޤްރީރުގައި ޞިއްޙީ ޚިދުމަތަކީ އިންސާނަކަށްވީތީ ކޮންމެހެން ލިބެންޖެހޭ ހައްގެއް ނަމަވެސް، ޣައްޒާގައި އާންމުންގެ ފުރާނަ ގެއްލުމާއި ޞިއްޙީ ޚިދުމަތްދޭ ތަންތަން ހަލާކުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

އައްޒާގައި އިންސާނީ ހައްގުތަކާއި ޞިއްޙީ ހިދުމަތްތައް އާންމުކޮށް ހިމާޔަތްކުރުމަކީ ހުރިހާ ގައުމުތަކަށް ވެސް ވަރަށް މުހިންމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޣައްޒާގައި އުފެދިފައިވާ އިންސާނީ ދަތިކަން ކުޑަކުރުމަށް މަސައްކަތްކޮށް، ސުލްހަވެރި ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ތާއީދު ކުރުމަށް ހުރިހާ ޤައުމުތަކަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ރައްތަކަށް އޭގެ ސަބަބުން ކުރަމުން އަންނަ އަސަރުގެ މައްޗަށް ވެސް މިނިސްޓަރ ގެ ތަޤްރީރުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން ރަށްގިރުމާއި ގާހުދުމުވެ މައްސަލަ ފާހަގަކުރައްވާ އެއީ ރައްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމަށް އޭގެ އަސަރުކުރަމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަޅުގަނޑުމެންގެ ސިއްހީ ނިޒާމުތަކަށް ގައިންގަޔަށް ނާރާ ބަލިތަކުުގެ ނުރައްކާއޮތް މިންވަރާއި ޕްރައިމަރީ ހެލްތު ކެއަރ ގެ  މުހިންމުކަމާ ބެހޭގޮތުން ތަޤްރީރުގައި އަލިއަޅުއްވާލެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު