Saturday, 15 June 2024
ޙައްޖުވެރިންނަށް ބޭއްވި މަޢުލޫމާތު ސެޝަންގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވާހަކަދައްކަވަނީ، ފޮޓީޯ: އިސްލާމިކް މިނިސްޓްރީ

ފަލަސްތީނުގެ ޙައްޤުގައި ރާއްޖެއިން ދަމަހައްޓަމުން ގެންދަނީ ޝުކުރު ހައްޤު އުސޫލުތަކެއް: ޝަހީމް

ފަލަސްތީނުގެ ހައްޤުގައި ރާއްޖެއިން ދަމަހައްޓަމުން ގެންދަނީ ޝުކުރު ހައްޤު ހަރުދަނާ އުސޫލުތަކެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ދައްކަމުންދާ ނަމޫނާއަކީ ކޮންމެ ދިވެހި ރައްޔިތަކު ފަޚުރުވެރިވާނޭ ކަމެއް ކަމަށާއި ވަކިން ހާއްސަކޮށް ފަލަސްތީނުގެ ހައްޤުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ އުސޫލުތަކަކީ ޝުކުރު ހައްޤު އުސޫލުތަކެއް ކަމަށެވެ.

ފަލަސްތީނާއި އެގައުމުގެ އަޚުންނާއި އުޚުތުންގެ ހައްޤުގައި، މުސްލިމުންގެ ދިފާއުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ދަމަހައްޓަމުން އެ ގެންދަނީ ޝުކުރު ޙައްޤު، އަދި ދިވެހީން ފަޚުރުވެރިވާ ފަދަ ހަރުދަނާ އުޞޫލުތަކެއް. ފަލަޞްޠީނާއި އެޤައުމުގެ އަޚުންނާ އުޚުތުންގެ ދިފާޢުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ." ޝަހީމް ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ރަފަޙުގެ މަގުތަކަށް އަރާފައި ވަނީ ދުނިޔޭގެ ލޯތައް ކުރިމަތީގައެވެ. ރަފަޙަށް އަރައި ޔަހޫދީ ފައުޖުން ވަނީ އެ ރަށާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވަނީ, ރަފަޙުން ފޭބުމަށް ޔަހޫދީ ސިފައިންގެ މައްޗަށް އަމުރު ވެސް ކޮށްފައެވެ.

ޣައްޒާގައި ބިކަ ކޮށްފައިވާ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. އަދި, ރަފަޙަށް ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ގަތުލުއާންމުތަކަށް ކެތް ނުކުރެވިގެން, އެ ރަށުގައި ތިބި މީހުންގެ ތެރެއިން މިލިޔަނަކާ ގާތް ކުރާ ޢަދަދެއްގެ ރެފިއުޖީން ވަނީ އެ ރަށް ދޫކޮށް, އެހެން ސަރަޙައްދުތަކަށް ދަތުރު ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ، ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,096 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 81,136އަށް އުފުލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު