ކަރަންޓް ބިލާ މެދު ޝަކުވާއެއް ވާނަމަ ހުށަހަޅަން ސްޓެލްކޯއިން އެދެފިއެވެ.
މެއި މަހުގެ ކަރަންޓު ބިލް ބޮޑުވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.
ސްޓްލެކޯއިން މިއަދު ވިދާޅުވީ ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލިންގގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދި އީމެއިލް މެދުވެެރިކޮށް ނަމަ [email protected] އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އެކުންފުނިން ބުނާ ގޮތުގައި ކަސްޓަމަރުން ހުށަހަޅާ ޝަކުވާތައް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާނެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/x0AM99BILe
— STELCO (@STELCOMALDIVES) June 1, 2024