29 އެޕްރީލް 2025
ރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި، ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު މަސްއޫދު އިމާދު، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމްސިންހައަށް އަރުވައިފިއެވެ.

ސަފީރުގެ ފަތްކޮޅު އަރުވާފައިވަނީ އެކަމަށްޓަކައި އިއްޔެ ލަންކާގެ ރައީސްގެ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަފީރާއި ލަންކާ ރައީސް ވަނީ މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ސަފީރު ވަނީ ލަންކާއަކީ ހަމައެކަނި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ބައިވެރިއެއް ނޫންކަމާއި، ލަންކާއަކީ ދިވެހިންގެ ގިނަ ބަޔަކު އުޅޭ ޤައުމެއްކަމާއި، އަދި ގިނަ ބަޔަކަށް ލަންކާއަކީ ދިވެހީންގެ ދެ ވަނަ ވަޒަންކަމަށް ދެކޭ ކަމާއި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ލަންކާގެ ރައީސަށް ދެއްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ރާއްޖޭގެ ސަފީރަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ލަންކާގެ ރައީސް ދެއްވިއެވެ.

ލަންކާއަށް ރާއްޖޭން ކަނޑައަޅުއްވައި ސަފީރުކަމުގެ މަޤާމަށް މަސްއޫދު އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އޭޕްރިލް މަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު