25 ޖަނަވަރީ 2025
ޕީޖީ ޝަމީމް، ފައިލް ފޮޓޯ

ޕީޖީ އޮފީހުން ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭން ފަށައިފި

ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ފަށައިފިއެވެ.

މިގޮތަށް ޚިދުމަތް އަވަސްކުރުމަށް ނިންމެވިއިރު، މީގެ ކުރިން ޕީޖީ އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތަކުގެ ރެކޯޑު ސާފުކޮށްދެމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ. ނަމަވެސް، ކައުންޓަރަށް ހުށަހަޅާ ފޯމްތައް ދުވަހުން ދުވަހަށް ސާފްކޮށްދިނުމަށް ނިންމީ އެ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

އެހެންކަމުން، ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު އެދުވަހުގެ މެންދުރު 1:30 ގައި ލިބޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި، މެންދުރު 12:00 ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

ފޯމު ހުށަހަޅާ ފަރާތުގެ ކުށުގެ ރެކޯޑެއް ނެތްނަމަ އެ ލިޔުން ވަގުތުން ލިބޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، 10 މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ޚިދުމަތް މިހާރުވެސް ޕީޖީ އޮފީހުން އަންނަނީ ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު