Saturday, 15 June 2024
އިންޑިއާގެ އިދިކޮޅު ލީޑަރަކަށް ރާހުލް ގާންދީ ނަން ހުށަހަޅުއްވައިފި

އިންޑިއާގެ އިދިކޮޅު ލީޑަރަކަށް ރާހުލް ގާންދީ ނަން ހުށަހަޅައިފި

ނިއު ދިއްލީ: ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އެންމެ ބޮޑު ވާދަވެރިޔާ ރާހުލް ގާންދީ އިންޑިޔާގެ ޕާލަމެންޓުގައި، އިންޑިއާގެ އިދިކޮޅު ލީޑަރަކަށް ހޮނިހިރު ދުވަހު ނޮމިނޭޓް ވެއްޖެއެވެ.

އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް މި ހަފްތާ ބަންދުގައި ހުވާ ކުރައްވަން ވަނީ ހަމަޖެހިފައެވެ.

ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ފުރިހަމަ އަޣްލަބިއްޔަތު ލިބިފައި ނުވާތީ، އޭނާއަށް ބޮޑުވަޒީރުކަން ކަށަވަރުވެފައިވަނީ، ކޯލިޝަނެއްގެ ތެރެއިންނެވެ.

ގާންދީއަށް އޮތް ތާޢީދު އިތުރުވެ، މީގެ ދިހަ އަހަރާ އަޅާބަލާއިރު، ކޮންގްރެސްއަށް މީގެ ކުރިން ލިބިފައިވާ ގޮނޑިތަކުގެ އަދަދަށްވުރެ ދެގުނައަށް ގޮނޑިތައް، މިފަހަރުގެ އިންތިޚާބުގައި އިތުރުުވެފައިވެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ކޮންގްރެސް ލީޑަޝިޕްގެ ބައްދަލުވުމެއްގައި އިއްތިފާގުން ވޯޓު ދީފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ހުސްވެފައިވާ އިންޑިއާގެ ރަސްމީ އިދިކޮޅު ލީޑަރުގެ މަގާމަށް ގާންދީ އިންތިޚާބު ކުރުމަށް ލަފާ ދިނުމަށެވެ.

"ހުރިހާ ބައިވެރިންގެ އިއްތިފާގުން ފާސްކުރީ ރާހުލް ގާންދީ މަޖިލީހުގައި އިދިކޮޅު ލީޑަރުގެ މަގާމަށް ނަގަން ޖެހޭ ކަމަށް،" އެގްޒެކެޓިވްގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޭ.ސީ ވެނޫގޯޕާލް ވިދާޅުވިއެވެ.

ގާންދީ އަކީ އިންޑިއާގެ ސިޔާސީ މަސްރަހުގައި ދިގު ޒަމާންތަކެއް ވަންދެން ވެރިކަންކުރި ދަރިކޮޅުގެ ދަރިއެކެވެ. އޭނާ އަކީ މިނިވަންކަމުގެ ލީޑަރު ޖަވާހަރުލާލް ނެހްރޫ އިން ފެށިގެން ގާންދީ އާއިލާގެ ކުރީގެ ބޮޑުވަޒީރުންނާ ޢާއިލީ ގޮތުން އެންމެ ގާތް ސިޔާސީ ޝަޚްސެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު