8 ފެބުރުވަރީ 2025
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަލީ އިބްރާހީމް

މެޑަމް ސާޖިދާގެ ބައްޕާފުޅުގެ މަގާމުގައި ހުންނެވި ޢަލީ އިބްރާހީމް އަވަހަރާވެއްޖެ

ރައީސް، ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބައްޕާފުޅުގެ މަގާމުގައި ހުންނެވި ޢަލީ އިބްރާހީމް އަވަހާރަވެއްޖެއެވެ. ޢަލީ އިބްރާހީމް އަކީ ސާޖިދާގެ ދޮންބައްޕާފުޅެވެ.

ދ. މީދޫ، ގުލްޝަންކިނާރާ، ޢަލީ އިބްރާހީމް (ދޮން އަލިބެ) އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.

ޢަލީ އިބްރާހީމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގައެވެ.

ރައީސް މުއިއްޒު ވަނީ ޖަނާޒާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވުމުން ސަރުކާރުގެ މައި ޕާޓީ، ޕީޕީއެމް/ޕީއެންސީން ވަނީ ތައުޒިޔާ ކިޔައިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު