ގޮތް ނޭނގޭ ދުނިޔެއެއްގައި ދިރިއުޅެން ދަރިވަރުންނަށް ދަސްކޮށްދިނުމަށް ވަޒީރު އިލްތިމާސްކުރައްވައިފި

ގޮތް ނޭނގޭ ދުނިޔެއެއްގައި ދިރިއުޅެން ދަރިވަރުންނަށް ދަސްކޮށްދިނުމަށް ވަޒީރު އިލްތިމާސްކުރައްވައިފި

ގޮތް ނޭނގޭ ދުނިޔެއެއްގައި ދިރިއުޅެން ދަރިވަރުންނަށް ދަސްކޮށްދިނުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު އިލްތިމާސްކުރައްވައިފިއެވެ

ވަޒީރު އާދަމް ޝަރީފު ޢުމަރު މި އިލްތިމާސްކުރެއްވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޭތުވެ ދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވެވި މި ޖަލްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެންމެ ގިނަ ދުވަސްވީ އަތޮޅު ތަޢުލީމީ މަރުކަޒުން ފާއިތުވެ ދިޔަ ދިގު ރާސްތާގައި ހޯއްދަވައިފައިވާ އަދި ހޯއްދަވަމުން އަންނަ ނަތީޖާއާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވައި ކަމަށް ވިދާޅުވެ ތަކުރާރުކޮށް މުދައްރިސުންނާ , ބެލެނިވެރިންނާ އަދި ދަރިވަރުންނަށް ވެސް ޝުކުރުދެންނެވިއެވެ.

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ބިދޭސީން މި ރާއްޖެއަށް ގެންނަ މިންވަރު އިތުރުފައި އޮތުމަކީ ހަމައެކަނި އިޤްރިޞާދީ ގެއްލުމެއްގެ އިތުރުން އަޅުގަނޑުމެންގެ ފުދުންތެރިކަމާ، އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން ދެމެހެއްޓުމަށް ވެސް އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދިވެހީންގެ ރާއްޖެއަށް ދިވެހީން މި ކުރާ ދަތުރު ކާމިޔާބު ދަތުރަކަށް ހެދޭނީ، މަސައްކަތުގެ މާޙައުލުގައި، މަސައްކަތުގެ އަޚުލާޤު ރަނގަޅު، ޙަވާލުކުރާ މަސައްކަތް ޒިންމާދާރުކަމާއެކީ، ފޫހިކަމެއް ވަރުބަލިކަމެއް ނެތި މަސައްކަތުގައި އަބަދުމެ ދެމި ތިބޭ ބަޔަކަށް ހެދިގެން ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު