23 އެޕްރީލް 2025
ހުޅުމާލެ ޗެނަލުގެ މަތިން ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ޗެނަލް މި މަހުގެ 15 ވަނަ ދުވަހު ބަންދުވާނެ

ހުޅުމާލޭ ޗެނަލް ނުވަތަ ކޯރު ސަރަހައްދު މި މަހުގެ 15 ވަނަ ދުވަހު ބަންދުވާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އާންމު ބައެއް ފަރާތްތަކުން މޫދަށް އެރި ޖެޓް ސްކީ ދުއްވާ ހަދާ އެ ސަރަހައްދު ބަންދު ކުރާކަން ހާމަކޮށް އެ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ކޯރު ސަރަހައްދު ބަންދު ކުރަނީ އެޗްޑީސީގެ ބޭނުމަކަށް 15 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 2:00 އަށް ކަމަށެވެ.

އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވާތީ އެ ސަރަހައްދުގައި ޖެޓް ސްކީ ކުރުމާއި މޫދަށްއެރި އުޅުން އަދި ޑިންގީ ހުރަސްކުރުން ނުވަތަ އެ ތަނަށް ވަނުން އެޗްޑީސީން ވަނީ މަނާ ކޮށްފައެވެ.

އެ ތަނުގައި އެޗްޑީސީން ކުރަން ނިންމާފައިވާ މަސައްކަތެއްގެ ތަފުސީލެއް އެ ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އެ ކޯޕަރޭޝަނުން ވަނީ އެ ތަން ބަންދުކުރަން ޖެހުމުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް ވެސް އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު