Saturday, 15 June 2024
މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ފަލާހު، މައިނޯރިޓީ ލީޑަރަކަށް ނާޒިލް

މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ފަލާހު، މައިނޯރިޓީ ލީޑަރަކަށް ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު، މައިނޯރިޓީ ލީޑަރަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހަމަޖައްސަވައިފިއެވެ.

އެކަން އިއުލާން ކުރެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރުން ކަނޑައަޅުއްވައި މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ލީޑަރުން ކަނޑައަޅުއްވާފައިވާއިރު، މަޖިލީހުގެ ގަވާއިދުގައިވާގޮތުން މެޖޯރިޓީ ލީޑަރަކަށް ހުންނަވާނީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީގެ ޕީޖީ ލީޑަރެވެ. 20 ވަނަ މަޖިލީހުގައި 75 ގޮނޑިއާއެކު މެޖޯރިޓީ ތަމްސީލުކުރަނީ ސަރުކާރު ތަމްސީލް ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީންނެވެ.

އަފި މައިނޯރިޓީ ލީޑަރަކަށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީގެ ޕީޖީ ލީޑަރެވެ. 20 ވަނަ މަޖިލީހުގައި 12 މެންބަރުންނާއެކު ދެވަނައަށް އެންމެ ގިނަ ގޮނޑި ތަމްސީލް ކުރާ ޕާޓީއަކީ އެމްޑީޕީއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ފަލާހު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު