ސަގާފީ ގިނަ ހަރަކާތްތަކާއެކު މިފަހަރު ކުލަގަދަ އީދެއް ހުޅުމާލޭގައި!

ސަގާފީ ގިނަ ހަރަކާތްތަކާއެކު މިފަހަރު ކުލަގަދަ އީދެއް، ހުޅުމާލޭގައި ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ނިންމައިފިއެވެ.

ހުޅުމާލޭގައި ޢީދުގެ ޙަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވަހުގެ ރޭ 20:30 ގައި އެޗްޑީސީ ގެ ހެޑް އޮޮފީސް ކުރިމަތިން "ވެދުމާ ދިއުން" ޙަރަކާތުންނެވެ. އަދި އެރޭ ބޮޑު ހުޅު ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޗެނަލް ބީޗު ސަރަޙައްދުގައެވެ.

އަދި އީދު ދުވަހު އީދު ނަމާދަށް ފަހު ދިރާގު އީދު ބޮނޑިބަތް ޙަރަކާތަށްފަހު، ހަވީރު ސިންތެޓިކް ޓްރެކުގައި ރޭސްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރޭ ބޮޑު މަސް ބޭނުމުގެ ޙަރަކާތަށްފަހު ހަވާ އެރުުވުންވެސް އޮންނާނެއެވެ.

އަދި 17 ޖޫންގައި ކޯޑި ކެނޑުމުގެ ހަރަކާތަކާއި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ރާވާފައެވެ. ދިރާގު ޢީދު ޝޯވް އޮންނާނީ އެރޭ 20:30 ގައި ސެންޓްރަލް ޕާކުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު