ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހަތަރު ވަނަ ޖަލްސާ އިއްޔެ ނިންމާލައި، މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
އިއްޔެގެ ޖަލްސާ ނިންމާލާފައިވަނީ ދެން ޖަލްސާއެއް އޮންނާނީ މިމަހުގެ 24 ވާ ހޯމަ ދުވަހު ކަމަށް ރިޔާސަތުން އިއުލާނު ކުރުމަށްފަހުއެވެ. އާންމު އުސޫލުން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ތިން ދުވަހުއެވެ. ނަމަވެސް މިއަދު އަދި މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް ނޯންނާނެއެވެ.
މި ހަފްތާ ބަންދާ އެކީ އަޟްހާ އީދު ފެށޭއިރު އީދު ބަންދު ނިމޭނީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހަށެވެ. އޭގެ ފަހުން ހުކުރު ހޮނިހިރު ބަންދާއި އެކީ ސަރުކާރު ހުޅުވޭނެ ކަމަށް އިއުލާނު ކޮށްފައިވަނީ މިމަހުގެ 24 ވާ އާދިއްތަ ދުވަހުއެވެ. 20 ވަނަ މަޖިލީހުގެ މެމްބަރުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުވާ ކުރައްވާފައިވާއިރު، މިހާތަނަށް ހަތަރު ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެ ޖަލްސާ ތަކުގައި މުހިންމު ކަންކަން މެންވަރުން ފާހަގަކުރައްވާފައިވެއެވެ.