7 ފެބުރުވަރީ 2025
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން އުފައްދާ މެންބަރުންނަށް ވުމަށް ހުޅުވާލައިފި

މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން އުފައްދައިފި

ލޯކަލް ކައުންސިލްތައް ތަމްސީލް ކުރުމަށް މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ)ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާ، އެޖަމްޢިއްޔާގެ މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިޖަމްޢިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ޖަމްޢިއްޔާގެ މަޤުސަދުތަކާއި، ޖަމްޢިއްޔާގެ މެންބަރަކަށްވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، އެސޯސިއޭޝަންގެ އިފްތިތާހީ ޖަލްސާ އާއި ހިންގާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

އެމް.އެލް.ސީ.އޭގެ މެންބަރުންނަށް ވުމަށް ރާއްޖޭގެ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެމް.އެލް.ސީ.އޭ އަކީ ރާއްޖޭގެ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް އެ މުއައްސަސާތަކުގެ މެދުގައި އެކި ކަންކަމުގައި ގުޅުން ބަދަހިކުރުމާއި، އެކުގައި ކަންކަން ހާސިލުކުރުމަށް މަޝްވަރާކުރުމުގެ މާހައުލެއް އުފެއްދުމުގެ މަޤުސަދުގައި އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެކެވެ.

ލޯކަލް ކައުންސިލްތައް ތަމްސީލް ކުރުމަށް މޯލްޑިވްސް ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ.

އެމްއެލްސީއޭ އުފެއްދުމުގެ މަޤްސަދަކީ ލޯކަލް ކައުންސިލްތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ޕްލޭންތައް އެކަށައަޅާ މުއައްސަސާތަކަކަށް ހެދުމަށް ބާރުއެޅުމަށާއި، ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގައި، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ކަންކަން ނިންމުމަށް ބާރުއެޅުމަށް މަސައްކަތް ކުރުން ކަމަށް އެޖަމްޢިއްޔާއިން ހާމަކުރެއެވެ.

އެމް.އެލް.ސީ.އޭގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. ޖަމްޢިއްޔާގެ އިފްތިތާހީ ޖަލްސާ އަދި ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 7-6 ގައި ބ. ކަމަދޫގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު