ފައިލް ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ވިދާޅުވީ، އީދު ބަންދުގައި ހިދުމަތް ދޭނީ މިމަހު 17 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ހުށަހެޅޭނެ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 1:00އާ ދެމެދުއެވެ.

އެ ދުވަސްތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެން ކިއު ނަންބަރު ނެގޭނެއެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333އަށް ގުޅުމަށް އިމިގްރޭޝަނުން އިލްތިމާސްކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު