ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި އެކި ގޮތްގޮތުން އެ ޤައުމުގެ ރައްޔިތުންނަށް ދިވެހިން އެހީވަމުން އަންނަ ކަމަށެވެ. އަދި މީގެ ކުރިން ފަލަސްތީނުގެ ދިފާއުގައި ވާހަކަނުދައްކާ އެތައް ބަޔަކު މިއަދު އެ ޤައުމުގެ ދިފާއުގައި ފާޅުގައި މަސައްކަތް ކުރަމުންދާއިރު ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަލަސްތީނުގައި ހިނގަމުންދަނީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
President Dr @MMuizzu and the First Lady launch a nationwide fundraising telethon campaign under the slogan 'Falastheenaa Eku Dhivehin,' which translates to 'Maldivians in Solidarity with Palestine.' This initiative is led by President Dr Muizzu.
The telethon, organized by the… pic.twitter.com/9PYxkLSNuR
— The President's Office (@presidencymv) June 12, 2024
މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދުގެ މައްސަލައެއްކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ލޯމަރާލައިގެން ތިބެގެން ނުވާނެ ކަމަށާއި، މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއް، އަދި މަސްއޫލިއްޔަތެއްކަމުގައި ބަލަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ ކަމެއް މިއީ. އަޅުގަނޑުމެންނަށް ﷲ ނިޢުމަތް ދެއްވަނީ އެ ނިޢުމަތް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި މިއަދު އެކަމަށް އެހީތެރިކަން ފޯރުކޮށްނުދީފިނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުންވެސް ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
Vice President @HucenSembe and spouse attend the fundraising telethon campaign under the slogan ‘Falastheenaa Eku Dhivehin,’ which translates to ‘Maldivians in Solidarity with Palestine.’
This telethon will continue until midnight tonight. A total of 13 donation boxes have… pic.twitter.com/w1g6otX8xv
— The President's Office (@presidencymv) June 12, 2024