ށ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުން

ށ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

ށ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ.

އަތޮޅުތަކުގެ ޞިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ށ. ފުނަދޫ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 12 އަތޮޅެއްގައި މި ޚިދުމަތް މިހާރު ލިބިގެންދާނެއެވެ.

ޑަޔަލިސިސްގެ ޚިދުމަތް މިހާރު ލިބެންނެތް 8 އަތޮޅަކީ އއ، އދ، ވ، މ، ފ، ދ، ތ އަދި ގދ އަތޮޅެވެ. މި ޚިދުމަތް ލިބެން ނެތް 8 އަތޮޅުގައި މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ޚިދުމަތް ފެށުމަށް ހެލްތު މިނިސްޓްރީން ވަނީ ނިންމާފައެވެ.

ސަރުކާރުގެ އަމާޒަކީ މާލެއާއި އެއް ފެންވަރަށް ޑަޔަލިސިސް ސެންޓަރުގެ ހިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

ށ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމާއި އެކު އެ އަތޮޅުން މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑުތަނުން ހަރަދު ކުޑަވެ އުފުލަމުންދާ ތަކުލީފުތަކަށް ލުއެއް ލިބިގެންދާނެއެވެ.

ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތަޢަރަފް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު