ދިއްފުށީގައި ޤާއިމްކުރާ އެންމެ ޒަމާނީ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ސްޓެލްކޯ

ދިއްފުށީގައި ޤާއިމްކުރާނީ އެންމެ ޒަމާނީ އިންޖީނުގެއެއް، ބުރޫ ނާރައި މަސައްކަތް ކުރިއަށްދާނެ: ފަހުމީ

ކ. ދިއްފުށީގައި އަލަށް ޤާއިމްކުރާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ އިންޖީނުގެއަކަށް ކަމަށާއި، މި މަސައްކަތް ބުރޫ ނާރައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ މިހެން ވިދާޅުވީ، ކ. ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކުރުމަށާއި އައު އިންޖީނުގޭގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ދިއްފުށީގައި މިހާރު ޚިދުމަތްދެމުންދާ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައި ކަމުން ރައްޔިތުންނަށް އޭގެން އުނދަގޫތަކެއް ވަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އުނދަގޫ ނުވާނެ ސަރަޙައްދެއްގައި އަލަށް ޤާއިމްކުރެވިގެންދާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ޚިދުމަތްތައް ހިމެނޭ އިންޖީނުގެއަކަށް ކަމަށެވެ. މީގެ އިތުރުން މި މަޝްރޫޢުއަކީ ސީދާ ސްޓެލްކޯގެ ޚަރަދުގައި ކުރިއަށްދާ މަޝްރޫޢުއެއް ކަމުން، މަޝްރޫޢު ކުރިއަށްގެންދިއުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި، ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާއިއެކު މަސައްކަތް ކުރެވޭނެ މާޙައުލު އޮންނާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ދިއްފުށި ތަމްޞީލުކުރައްވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ ދިއްފުށި ފަދަ ލޯކަލް ޓުއަރިޒަމް ކުރިއަރަމުންދާ ރަށަކަށް ވަރަށް މުހިއްމު ޚިދުމަތެއް ކަމަށާއި، އެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވޭ ކަމަށެވެ. ނަޞީމް ވިދާޅުވީ ދިއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް ނިމި، ވަރަށް އަވަހަށް އެ އިންޖީނުގެއިން ޚިދުމަތްދޭން ފެށޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ، ދިއްފުށީގެ ކަރަންޓު ވިއުގަ ޒަމާނީކޮށް، ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު ބިންގާ އެޅި އިންޖީނުގެއަކީ ޒަމާނީ ޚިދުމަތްތައް ދިނުމަށް އެކަށޭނަ މިންގަނޑުތަކަށް ފަރުމާކޮށް، ދުރު ރާސްތާގައި ދިއްފުއްޓަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެގެންދާ ނިސްބަތުން ޚިދުމަތް ފުޅާކުރެވޭނެ ފަދައިން ޤާއިމްކުރުމަށް ނިންމާފައިވާ އިންޖީނުގެއެކެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމްއެވެ.
ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ނިމިގެންދާއިރު އެ ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަޞީލަތްތަކާއި އޮފީސް އިމާރާތެއް ޤާއިމްކުރެވިގެންދާނެއެވެ.

މިއަދު ދިއްފުށީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ޚަވާސާގައި ސްޓެލްކޯއިން ވަނީ އެ ރަށުގައި 1000 ގަސް އިންދާފައެވެ. މިއީ ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މި އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ސްޓެލްކޯއިން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. މި މަޝްރޫޢުގެ ތެރެއިން ކުރިއަށްއޮތް ފަސްއަހަރު މަދުވެގެން 500،000 ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ޕްލެޖްވެފައެވެ.

މިއަދު ދިއްފުށީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ޚަވާސާގައި ސްޓެލްކޯއިން ވަނީ އެ ރަށުގައި 1000 ގަސް އިންދާފަ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު