ޙައްޖަށް ދިޔަ ދިވެއްސަކު ނިޔާވެެއްޖެ

ޙައްޖަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ދިވެހި ހާޖީއެއްކަމުގައިވާ، ފާޠިމަތު ޙަފީޒާ (80އ) ހަފީޒީހިޔާ. ރ. ހުޅުދުއްފާރު، ނިޔާވީ ރޭގެ ވަގުތެއްގައެވެ.

 

އޭނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މަސްޖިދުލްޙަރާމްގައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މައްޔިތާގެ މޫނު ދެއްކުން އޮންނަނީ މެންދުރު ނަމާދުގެ ފަހުން މަސްޖިދުލްޙަރާމްގައި ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރު ރާއްޖެއަށް ލިބޭ ރަސްމީ 1000 ކޯޓާގެ އިތުރަށް 150 ކޯޓާ ލިބުނެވެ. މިއާއެކު ރާއްޖެއިން ޖުމްލަ 1150 ޙައްޖުވެރިން މިހާރު ތިބީ މައްކާގައެވެ. އަދި ޙައްޖުގެ މަޝާއިރުތައް ފެށެން މަދު ދުވަސްކޮޅެއް އޮތް އިރު ޙައްޖަށް ތައްޔާރުވުމުގެ މަޢުލޫމާތުތައް ޙައްޖުވެރިންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

އެގޮތުން މަޝާޢިރަށް ތައްޔާރުވުމަށް ކުރަންވީ ކަންތައްތަކާއި މަޝާޢިރުތަކުގައި ކުރަންވީ ކަންތައްތަކުގެ އިތުރުން ޞިއްޙީ ގޮތުން ސަމާލުކަންދޭންވީ ކަންކަން ޙައްޖުވެރިންނާ އަންނަނީ ހިއްސާކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު