ޖޭއެސްސީގެ ރައީސްކަމަށް މެންބަރު ރިޟާ އިންތިޚާބުކުރައްވައިފި

ޖޭއެސްސީގެ ރައީސްކަމަށް މެންބަރު ރިޟާ އިންތިޚާބުކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ރައީސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު އަލްއުސްތާޛް ޙުސައިން ރިޟާ އިންތިޚާބުކުރައްވައިފިއެވެ. މެންބަރު ރިޟާއަކީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރެވެ.

ޖޭއެސްސީއަށް އޭނާ އައްޔަންކުރައްވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ޖޭއެސްސީއަށް ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވަނީ އެކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާގެން 10 މެންބަރުންގެ މައްޗަށެވެ. ރިޟާއަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެކުރިން ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓާގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރިޒާއަކީ މިދިޔަ ދައުރުގައި ކ. ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ބޭބޭފުޅެވެ. ކެންސަރުގެ އާލާސްކަންފުޅުގައި ހުސައިން ރިޒާގެ ބޭބެ އިބްރާހިމް ރިޒާ 2022 ގައި ވަނީ އަވަހާރަވެފައެވެ. އޭނާ ވެސް ވަނީ ޖޭއެސްސީގެ މެމްބަރުކަން މީގެ ކުރިން ކުރައްވައިފައެވެ.

މިދިޔަ 19 ވަނަ މަޖިލީހުގައި ޖޭއެސްސީއަށް ކަނޑައެޅީ އޭރުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. އޭނާ ވަނީ ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

ގުޅުންހުރި:

ޢަބްދުއްރަޙީމާއި ރިޒާ ޖޭއެސްސީއަށް އައްޔަންކުރައްވައިފި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު