"ޢީދު އަލި" އިފްތިތާޙް ކުރުމާއި "ފައްވާރާ" ހުޅުވުމުގެ ރަސްމިއްޔާތުގައި

އިޖުތިމާއީ މިންގަނޑާ އެއްގޮތަށް ޢީދުގެ ހަރަކާތްތައް ކުރިއަށްގެންދަން އެދެފި

އިސްލާމްދީނާއި ދިވެހިންގެ އާއްމު އިޖްތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ޢީދުގެ ކުޅިވަރުތައް ކުރިއަށް ގެންދަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.

ވަޒީރު އާދަމް ޝަރީފް ސޮއިކުރައްވައި، އެ ވުޒާރައިން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ފޮނުއްވި ސާކިއުލާާއެއްގައި ވަނީ އީދުގެ ހުރިހާ ހަރަކާތްތައް އިސްލާމް ދީނާއި ހިލާފު ނުވާނެހެން ހިންގުމަށް އެދޭ ކަަމަށެވެ. އަދި އީދުގެ ހަރަކާތްތައް ރާވާ ހިންގުމުގައި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިއާޔަތް ކުރުމަށްވެސް އަންގަވާފައިވެއެވެ.

"ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 1 ވަނަ މާއްދާގައި ބުނަނީ، ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިންކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށްވުމާއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި، ރައްޔިތުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެކެވެ،" ސާރކިއުލަރުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށް އަންގާފައިވާއިރު، އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ރަމަޒުކޮށްދޭ ތަކެތި ނުގެންގުޅުމާއި، އެފަަދަ ކަންކަަމަށް މަގުފަހިނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށް އަންގަވާފައިވެއެވެ.

"ތިޔަ ސިޓީތަކާއި ރަށްރަށުގައި އީދު ފާހަގަކުރުމުގައި އިސްވެ ދެންނެވިކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދި ދެންނެވީމެވެ." ވަޒީރު އާދަމް ޝަރީފް ސޮއިކުރައްވާ ނެރުއްވި ސާކިއުލާރގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ހިންދޫން ހޯލީ ފާހަގަކުރަން ގެންގުޅޭ ހިކި ކުނޑި ކުލަ ބޭނުންކުރަނީ އެމީހުންހެން ހުދު އެއްޗިހި ލައިގެން. މުސްލިމުމްނޯލަ. އަދި ދެޖިންސުގެ މީހުން ކުލަޖެހުމުގެ ނަމުގަ ގައިގަ އަތްލާ ހަދާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު