ރައީސް، ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަރަކާތްތެރި ހައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި، ހައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުއާ ކުރައްވާފައި ވެއެވެ.

"ހައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް. ﷲގެ ރުއްސެވުމާއި ފުއްސެވުމާއި މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރައްވާށި. އާމީން"

މިއަހަރު ރާއްޖެއަށް ލިބޭ ރަސްމީ 1000 ކޯޓާގެ އިތުރަށް 150 ކޯޓާ ލިބުނެވެ. މިއާއެކު ރާއްޖެއިން ޖުމްލަ 1150 ޙައްޖުވެރިން މިހާރު ތިބީ ސައުދީގައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2 މިލިއަނެއްހާ މުސްލިމުން މައްކާގައި ހައްޖުގެ އަޅުކަން އަދާކުރާނެ ކަމަށް ސައުދީ އަރަބިއްޔާއިން ރިޕޯޓްކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު