7 ފެބުރުވަރީ 2025

ޢީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި

އަޟްޙާ އީދު ބަންދާ ދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ ބަންދާއި ދިމާކޮށް ޗުއްޓީ ހޭދަކުރަން ދަތުރުކުރާ މީހުން އިތުރުވެ، އުދުހުންތަކަށް ޑިމާންޑު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަންއިން ވަނީ މިމަހުގެ 20 އަދި 21 ގައި އެތެރޭގެ ބައެއް ދަތުރުތައް އިތުރުކޮށްފައެވެ.

މޯލްޑިވިއަންއިން އިތުރުކޮށްފައިވާ ދަތުރުތައް

  • 20 ޖޫން 2024
  • 20:15 މާލެ – ކައްދޫ
  • 21:45 ކައްދޫ – މާލެ
  • 20 ޖޫން 2024
  • 21:30 މާލެ – ކޫއްޑޫ
  • 23:10 ކޫއްޑޫ- މާލެ
  • 20 ޖޫން 2024
  • 20:40 މާލެ – އިފުރު
  • 21:50 އިފުރު – މާލެ
  • 20 ޖޫން 2024
  • 18:50 މާލެ – ހޯރަފުށި
  • 20:30 ހޯރަފުށި- މާލެ
  • 21 ޖޫން 2024
  • 20:35 މާލެ – މާފަރު
  • 21:55 މާލެ – މާފަރު

މީގެކުރިން އެހެން ބަންދުތަކާއި ދިމާކޮށްވެސް މޯލްޑިވިއަންގެ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ. މޯލްޑިވިއަންއިން މިވަގުތު ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ދަނީ ބާއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު