23 އެޕްރީލް 2025
އެސްޓީއޯ ފަލަސްޠީނާއެކު، ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ހިއްސާއަކަށް 80 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 80ރ.ގެ މަގުން ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.

ޙިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމުންނެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއީ މިދިޔަ 17 އަހަރުގެ ތެރޭގައި އެ ކުންފުނިން ހިއްސާދާރުންނަށް ހިއްސާގެ ގޮތުގައި ބަހާނެ އެންމެ ބޮޑު އަދަދު ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެލައިޑް އިންޝުއަރެންސްގެ ހިސާބުތައް ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދައާ އެކުު އެސްޓީއޯގެ ކުންފުނީގެ އަހަރީ ރިޕޯޓް އާންމުކުރުމުގެ މުއްދަތު މި މަހުގެ 15 އަށް އަދި އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު އަންނަ މަހުގެ 15އަށް ވަނީ އިތުރުކޮށްފައެވެ.

ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށް އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތުދިނުމަށާއި ހިއްސާދާރުންނަށް ހިޔާލުފާޅުކުރުމަށް ފުރުސަތު ދިނުމަށްޓަކައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެ ކުންފުނިން ހިއްސާދާރުންގެ ނުރަސްމީ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ.

އެސްޓީއޯގެ ހިއްސާދާރުންނަށް ނުރަސްމީ ބައްދަލުވުމެއް ބާއްވަނީ

 

އެސްޓީއޯގެ 2023ގެ މާލީ ހިސާބު

  • ޖުމްލަ އާމްދަނީ – 16.4 ބިލިއަން ރުފިޔާ
  • ހިންގުމުގެ ފައިދާ – 1.3 ބިލިއަން ރުފިޔާ
  • ޖުމްލަ ސާފު ފައިދާ – 819 މިލިއަން ރުފިޔާ

ގުޅުންހުރި:

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއަށް ރިކޯޑް ނެގުން މިމަހު 26 ގައި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު