25 ޖަނަވަރީ 2025
ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން

އާއްމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުރި 163 އުޅަނދެއް ނަގައިފި

އާއްމު ދަތުރުފަތުރަށް ދަތިވާގޮތަށް މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރި 163 އުޅަނދެއް، މިދިޔަ ދެ ދުވަހުގެ ތެރޭގައި މަގުމަތިން ނަގައި، ޓޯ ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ މަގުތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުރެގެން ނެގި 160 އުޅަނދަކީ ހަތަރު ފުރޮޅުލީ އުޅަނދުތަކެއްކަމަށެވެ. އަދި މި އޮޕަރޭޝަންގައި ނަގާފައިވަނީ ބޮޑުތަކުރުފާނު މަގާއި އަމީނީމަގުގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.\

ފުލުހުން ވިދާޅުވީ އިއްޒުއްދީނު މަހުން ނެގި އުޅަނދުތަކުގެތެރޭގައި ރެޖިސްޓްރީ ނުކުރާ އުޅަނދެއްވެސް ހިމެނޭކަމަށެވެ. ޓޯ ކޮށްފައިވާ 163 އުޅަނދުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގެ ކަޅުތުއްކަލާ ކޮށްޓާއި ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައިވާ 84 އުޅަނދެއް ހިމެނެއެެވެ. އަދި އަމީނީ މަގު ދަރުބާރުގޭ ސަރަޙައްދުން ފެށިގެން އައިޖީއެމްއެމްއެޗާއި ހަމައަށް އަދި ބޮޑުތަކުރުފާނު މަގު ސެނަހިޔާއާ ހިސާބުން ފެށިގެން މާގިރި ހޮޓެލްއާ ހަމައަށް އޮތް ސަރަޙައްދުގެ އިތުރުން، އިއްޒުއްދީން މަގު ބަސް ސްޓޮޕް ކައިރި ހިމެނޭ ގޮތަށް ޖުމްލަ 79 އުޅަނދު ޓޯ ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގެ ދަށުން 300 އަށްވުރެ ގިނަ އުޅަނދު މިހާތަނަށް ނެގުމަށްފަހު ވަނީ ނައްތާވެސްލާފައެވެ. މި ޕްރޮގްރާމްތަކަކީ މާލޭގެ މަގުތަކުގެ ތޮށްޖެހުން ވީހާވެސް ކުޑަކޮށް، ދުއްވާ މީހުންނާ ހިނގާ މީހުންނަށް ލުއިފަސޭހަކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

މީހުންނަށް އުނދަގޫވާގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ އޮޕަރޭޝަނަކާއި މަގުތަކުގައި ބާވެ ހަލާކުވާން ދޫކޮށްލާފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތްތަކެއްވެސް ކަމާގުޅޭ އިދާރާތައް ގުޅިގެން ވަނީ ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު