މި ޢީދުގައި ދިވެހީންގެ އެކުވެރިކަމުގެ ސަފުތައް ވަރުގަދަކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި

މި ޢީދުގައި އަޅުގަނޑުމެންގެ އެކުވެރިކަމުގެ ސަފުތައް ވަރުގަދަކުރުމަށް ޢަޒުމްކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަޟްޙާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ, މުސްލިމް އެންމެހާ އަޚުންނާއި އުޚްތުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުސްލިމުން ފާހަގަކުރާ ޢީދުގެ މި މުނާސަބާ ރަމްޒުކޮށްދެނީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގައި ވާފަދައިން، މިއީ އެއްހަށިގަނޑެއް ފަދަ އުންމަތެއްކަމަށެވެ. އަދި މި ހަށިގަނޑުގެ ގުނަވަނެއްގައި އަޅާ ކޮންމެ ވޭނެއް މުޅި ހަށިގަނޑު ބަރުދާސްކުރާކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ފަލަޞްޠީނުގެ އުޚުއްވަތްތެރި މުސްލިމުންނަށްޓަކައި މި ޢީދުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މުސްލިމުންވެސް ކޮށްދެމުންދާ ހެޔޮ ދުޢާތަކާ، ވީވަރަކުން ފޯރުކޮށްދެމުންދާ ދީލަތި އެހީތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޟްހާ ޢީދު ފާހަގަކުރަނީ ޙައްޖު މަހުގެ 10 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު