23 އެޕްރީލް 2025
ސާބިއާގެ ކޯޗު، ޑްރަގަން ސްޓޮއިކޮވިޗް، ފައިލް ފޮޓޯ: ރޮއިޓާރސް

ނަތީޖާއާ މެދު ހިތްހަމަނުޖެހޭ، ބަލި ޤަބޫލުކުރުން ނޫން އިތުރު ގޮތެއް ނެތް: ސާބިއާ

ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، އެކަމަކު ބަލި ޤަބޫލުކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ސާބިއާގެ ކޯޗު ޑްރަގަން ސްޓޮއިކޮވިޗް ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި ރޭ އިންގްލެންޑް އަތުން 1-0 އިން ސާބިއާ ވަނީ ބަލިވެފައެވެ.

ރޭގެ  މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސާބިއާގެ ކޯޗު،  ބުނީ، އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށާއި، އެކަމަކު އެމީހުން ބަލިވުން ހައްގުނޫން ކަމަށެވެ.

ދެ ޓީމުގެ ފަރާތުން ވަރަށް މޮޅު މެޗެއް ފެނިގެންދިޔަ ކަމަށާއި، އިންގްލެންޑަކީ ވަރުގަދަ ޓީމަކަށްވުމާއެކު އޭނާގެ ޓީމުން ކުޅުނީ ވަރަށް ވިސްނުންތެރިކަމާއެކު ފަރުވާތެރި ގޭމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ސްޓޮއިކޮވިޗް އިތުރަށް ބުނީ، ފަހު ހާފުގައި ގެނައި ބަދަލުތަކާއެކު ސާބިއާ އިން މެޗު ކޮންޓްރޯލް ކުރިކަމަށާއި، އިންގްލެންޑް ލައްވާ ޑިފެންސްކުރަން އޭނާގެ ޓީމުން މަޖުބޫރުކުރި ކަމަށާއި، ދެން އޮތް މެޗުގައި ސްލޮވީނިއާ އަތުން މޮޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި، ރޭގެ މެޗު ކާމިޔާބުނުކުރެވުނުނަމަވެސް، އޭނާގެ ޓީމުން ދެއްކި ކުޅުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ސާބިއާ އާ ސްލޮވީނިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ރާއްޖޭ ގަޑިން އިރުއޮއްސި 6 ޖަހާއިރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު