Thursday, 12 September 2024

ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ސްޓްރެސް ކުޑަކުރެވޭނެ 5 ގޮތެއް

ބިރުވެރިކަމާއި ސްޓްރެސް އަށް ހައްލެއް ހޯދުމަށްޓަކައި، ފުން ނޭވާލާން ދަސްކުރުމާއި، އަމިއްލައަށް ފަރުވާ ހޯދަން މަސައްކަތް ކުރުމާއި، ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމާއި ހަމައަށް، ކުރެވިދާނެ ކަންތައްތަކެއް ހިމަނާލަން ގަސްދުކުރަމެވެ.

ބިރުވެރިކަމާއި ސްޓްރެސް އަދި ހާސްކަމަކީ، ދުނިޔޭގައި އެތައް މިލިއަން ބަޔަކަށް ކުރިމަތިވެފައިވާ ސީރިއަސް މައްސަލަތަކެކެވެ. އެއީ އެކި ސަބަބުތަކާ ހުރެ ދިމާވެދާނެ ކަމެކެވެ. އަމިއްލަ ދިިރިއުޅުމުގައި ކުރިމަތިވާ ކަންކަމާއި އަންނަ ބަދަލުތަކުން ފެށިގެން، ދިރިއުޅުމުގެ ކޮންމެ ކަމެއްގެ ސަބަބުން ވެސް ޙަޔާތުގައި ބިރުވެރިކަން އުފެދިދާނެއެވެ. ސްޓްރެސް އާއި ހާސްކަމުން ސަލާމަތްވުމަށްޓަކައި ކަންބޮޑު ނުވެ، ފައިދާހުރި ގޮތެއްގައި ހައްލެއް ހޯދަން މަސައްކަތް ކުރާންޖެހެއެވެ. ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ޕެނިކް ޑޭ ފާހަގަކުރަނީ ޖޫން މަހުގެ 18 ވަނަ ދުވަހެވެ.

މަޑުމަޑުން ނޭވާލާން ފަރިތަކުރުން:

ފުންކޮށް މަޑުމަޑުން ނޭވާލާއިރު ނާރުތަކުގެ ނިޒާމަށް ރައްކާތެރިކަމާއި ލުއިކަން އިޙްސާސްވާން ފަށައެވެ. މިއީ އުފެދިފައިވާ ހާސްކަމުން ސަލާމަތްކޮށްދީ، އަހަރެމެންނަށް ރައްކާތެރިކަމާއި އުފާވެރިކަން އިޙްސާސް ކުރެވޭނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ފުންކޮށް ނޭވާލުމުގެ އުކުޅުތައް ބޭނުންކުރާންޖެހެއެވެ.

ވިސްނުންތެރިކަން އިސްކުރުން:

އަޅުގަނޑުމެންގެ ސިކުނޑީގައި ގިނަ ފިކުރުތަކެއް ދައުރުވާން ފަށައި، އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އެއްވެސް ކަމެއް ނެތް ކަމަށް ބައެއް ފަހަރު ހީކުރެވެއެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ އެވަގުތުކޮޅާ ދޭތެރޭ ސަމާލުވެ ވިސްނުން އިސްކުރުމަށެވެ. ހިތްހަމަ ޖެހޭ ފަދަ ކަންކަމާ ވިސްނުމާއި ސިކުނޑީގެ ހަމަޖެހުމާއި ކެތްތެރިކަން އިޙްސާސް ކުރެވޭނެ ކަންކަމަށް ވިސްނުމަށެވެ. މިއީ ސިއްހަތަށް ފައިދާހުރި ގޮތެއްގައި، ހާސްކަމާއި ބިރުވެރިކަމާ ކުރިމަތިލެވޭނެ ގޮތެކެވެ.

ވަގުތުކޮޅެއް ނަގައިގެން އަރާމުކުރުން:

ސްޓްރެސް ބޮޑު ހާލަތްތަކާއި، ހަރުކަށި ވިސްނުންތައް އަންނަ ދަނޑިވަޅުތަކާ ކުރިމަތިލުމަށް، ދާއިމީ ގޮތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާންޖެހެއެވެ. ހަށިގަނޑަށް ބިރުވެރިކަން އިޙްސާސް ކުރެވުމަކީ ޠަބީޢީ ކަމެކެވެ. އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ޗުއްޓީ ނަގަންވާނެއެވެ. އަރާމުކުރުމަށްޓަކެވެ. ހިތްހަމަ ޖައްސާލުމަށް ވަގުތު ހޯދުމަށްޓަކައެވެ. ދަތުރު ދިއުމާއި، ގޮނޑު ދޮށުގައި އިށީނދެ ގުދުރަތުން ލިބިފައިވާ ކަންކަމާމެދު ވިސްނާ ސިކުނޑިއަށް ލުއި ހޯދުމަށް މަސައްކަތް ކުރެވިދާނެއެވެ.

މީހުންނާ ގުޅުން ބޭއްވުން:

އަޅުގަނޑުމެންނަށް އަޅާލާނެ އެހީތެރިވާނެ ރައްޓެހިން ތިބޭނެއެވެ. އެމީހުންނާ ވާހަކަދައްކާލާ ހެދުމުން އޮޓޮމެޓިކުން އުފާވެރިކަން އިޙްސާސްވާން ފަށާނެއެވެ. އަދި ފައްސި ވިސްނުމަށް ސިކުނޑި ބަދަލުވާނެއެވެ. އަޅުގަނޑުމެން އެހެން މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. ވިސްނަންވީ އެހެން މީހުންނަށް ކުރިމަތިވެފައިވާ ކެކުޅުންތަކެއް ލުޔެއް ހޯދައި ދިނުމަށްޓަކައި، އެމީހުންނާ ގިނައިން ވާހަކަ ދައްކައި ހެދުމަށާއި، ޚިޔާލުތައް ބަދަލުކުރުމަށެވެ.

ޕްރޮފެޝަނަލް އެހީތެރިކަން ހޯދުން:

ޕެނިކްވުން ނުވަތަ ހާސްކަމަކީ ހަށިގަނޑަށް އަންނަ ސްޓްރެސް ރެސްޕޮންސްއެކެވެ. އެއީ ނާރުތަކުގެ ނިޒާމަށް ނުރައްކާވެފައިވާ ކަމުގެ އިޙްސާސް ކުރެވުމުން އުފެދޭ ކަމެކެވެ. އަމިއްލައަށް ޙައްލެއް ނުލިބޭ ޙާލަތްތަކުގައި، ޕެނިކް އާއި ސްޓްރެސް އަށް ޙައްލު ހޯދުމަށްޓަކައި ޕްރޮފެޝަނަލް އެހީތެރިކަން ހޯދުން މުހިއްމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު