އައްލޫ އަރްޖުން ޑިޒައިންކޮށްފައިވާ ޕޯސްޓަރު

"ފިލްމު ޕުޝްޕާ 2: ދަ ރޫލް" ރިލީޒްކުރުން ޑިސެމްބަރު މަހަށް!

އައްލޫ އަރްޖުންގެ ރިލީޒްކުރާ ފިލްމު ޕުޝްޕާ 2: ދަ ރޫލް ރިލީޒްކުރުން ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.

މި ފިލްމު ރިލީޒް ކުރަން ކުރިން އޮތީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.ފިލްމު އުފެއްދި ފަރާތްތަކުން ހޯމަ ދުވަހު ވަނީ ފިލްމު ރިލީޒްކުރާނެ އާ ތާރީހު އިއުލާންކޮށްފައެވެ.މިހާރު ފިލްމު ރިލީޒްކުރާނީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ.

ޕްރޮޑަކްޝަން ޓީމުން ވަނީ، ބާކީ އޮތް ޝޫޓިން އާއި އޭގެ ފަހުން ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ނިންމަން، ފިލްމު ރިލީޒް ކުރާ ތާރީޚަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެފައެވެ.

"ޕުޝްޕާ 2 ދަ ރޫލް އަކީ އިންޑިއާގެ ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމެވެ. ޕުޝްޕާ: ދަ ރައިސް އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، މި ފިލްމު ކާމިޔާބު ވެގެންދާނެ ކަމަށް ގިނަ ބަޔަކު ތިބީ އިންތިޒާރުގައެވެ.

"ފިލްމު ނިންމައި ވަގުތުން ރިލީޒް ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން އައީ. ނަމަވެސް ބާކީ އޮތް ޝޫޓިން އަދި އޭގެ ފަހުން ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ހުރުމުގެ ސަބަބުން އޮގަސްޓް 15، 2024 ގައި ފިލްމު ރިލީޒް ކުރަން ދަތި، މި ނިންމުމަކީ ފިލްމާއި ބެލުންތެރިންނާއި ހުރިހާ ސްޓޭކްހޯލްޑަރުންގެ މަސްލަހަތަށްޓަކައި ނިންމާފައިވާ ނިންމުމެއް.. ކޮލިޓީއަށް އިސްކަންދީ ރަނގަޅު ފިލްމެއް ގެނެސްދިނުމަށް މަސައްކަތް ކުރަނީ.." އާންމު ކުރި ނޯޓުގައި ލިޔެފައިވެއެވެ.

"އަހަރެމެންގެ ޓީޒާތަކާއި ލަވަތަކަށް ލިބުނު ބޮޑު ތަރުހީބަކީ ހިތްހަމަޖެހޭ ތަރުހީބެއް، އަދި އަހަރެމެން ވައުދުވަން ތިޔަބޭފުޅުން ހަގީގަތުގައި ގަޔާވާނެ ފިލްމެއް ގެނެސްދޭނެ ކަމަށް.." އާންމު ކުރި ނޯޓުގައިވެއެވެ.

މި ނޯޓާއެކު، އައްލޫ އަރްޖުން އޭކޭއޭ ޕުޝްޕާގެ މުޅިން އައު ޕޯސްޓަރެއް ވެސް ހިއްސާކޮށްފައިވެއެވެ. މިޕޯސްޓަރުގައި، އޭނާ ފެންނަނީ ކަނޑިއެއް ހިފައިގެން ހުއްޓައެވެ. އެ ޕޯސްޓަރު އިންސްޓަގްރާމް ފީޑުގައި ހިއްސާ ކުރަމުން އައްލޫ އަރްޖުން ލިޔެފައިވަނީ "ޑިސެމްބަރު 6، 2024 އިން ފެށިގެން ސިނަމާތަކުގައި" މިހެންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު