ފަލަސްޠީނުގެ ދިފާޢުގައި ކުޑަހުވަދޫގައި ބޭއްވި ހިނގާލުމުގައި މިނިސްޓަރު އާދަމް ނަޞީރު ބައިވެރިވެވަޑައިގެންނެވުން

ޢީދު ފާހަގަކުރުމުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުން ފަލަސްތީނުގެ ދިފާއުގައި ތެދުވެއްޖެ

ދ. ކުޑަހުވަދޫގައި އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ރޭވި ކުޅިވަރު ހަރަކާތްތައް މަޑުޖައްސާލައި ކުޑަހުވަދޫ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.

މި އަހަރު ޤައުމީ ފެންވަރުގައި އީދު ފާހަގަ ކުރާ ތިން ރަށްށުގެ ތެރެއިން އެއްރަށް ކަމަށްވާ ދ. ކުޑަހުވަދޫގައި ވަނީ ގިނަ ކުޅިވަރު ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީދުގައި ފާހަގަކުރެވުނު އެންމެ ޚާއްޞަ ކަމަކީ ކުޑަހުވަދޫގައި ބޭއްވި އީދުގެ ހަރަކާތްތަކުގެ ތެރެއިން ތިން ވަނަ ދުވަހު "ކުޑަހުވަދޫ ފަލަސްތީނާއެކު" މި ނަމުގައި ބޮޑު ހިނގާލުމެއް ބޭއްވުމެވެ. މި ހިނގާލުމުގައި ވަޒީރު ނަސީރާއި އެ ވުޒާރާގެ އިސްބޭފުޅުންގެ އިތުރުން ކުޑަހުވަދޫ ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި ކުޑަހުވަދޫގެ ކުދިބޮޑު އެންމެން މި ހިނގާލުމުގައި ބައިވެރިވެފައިވާއިރު، މިހިނގާލުމުގައި ވަނީ ފަލަސްތީނުގެ ދިދަ އާއި، ކުޑަހުވަދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދޭ އެކިއެކި ޝުއޫރުތައް ދައްކުވައިދޭ ބެނާތައް ބޭނުންކޮށްފައެވެ. މީގެއިތުރުން، އީދު ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ވަނީ ފަލަސްތީނަށް އެހީތެރިވުމަށް ފަންޑު ފޮއްޓެއްވެސް ބަހައްޓައިފައެވެ. އަދި އީދު ނަމާދަށްފަހު ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ޚާއްސަ ދުޢާއެއް ވެސް ކޮށްފައިވެއެވެ.

ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތީން، މިދިޔަ ހަފުތާގައި މުޅި ރާއްޖޭގައި ވަނީ ފަލަސްތީނަށް އެހީވާން ޓެލެތޯނެއް ވެސް ބާއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު