30 އެޕްރީލް 2025
ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު އަބްދުލްހަންނާން ހަލީމްގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެއް.

ނާޞިރު ދައުރުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރު ކަން ކުރެއްވި ޢަބްދުލްހަންނާން ހަލީމް އަވަހާރަވެއްޖެ

ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރަކަށް ހުންނެވި ސުމުއްވުލް އަމީރު ޢަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު މިއަދު އަވަހާރަވެއްޖެ އެވެ.

ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ.

ޢަބްދުލްހަންނާން ހަލީމަކީ ރައީސް ނާޞިރުގެ ވެރިކަމުގައި އެކުލަވާލެއްވި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން އެންމެ ފަހުން ހުންނެވި ބޭފުޅާއެވެ.

1968 އިން 1978 އަށް ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވި، ޢަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ރައީސް އިބްރާހިމް ނާޞިރަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 12 ޑިސމެމްބަރ 1957ގައެވެ. އަދި، އެމަނިކުފާނަކީ ދިވެހިރާއްޖޭގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. ރައީސްކަމާ ހަވާލުވެވަޑައިގަތީ 11 ނޮވެމްބަރ 1968ގައެވެ. މި މަޤާމުގައި 10އަހަރު ދުވަސްވަންދެން ހުންނެވުމަށްފަހު އެމަޤާމުން 11 ނޮވެމްބަރ 1978ގައި އިސްތިޢުފާ ދެއްވުމަށްފަހު  ރާއްޖެ ދޫކުރައްވައި ވަޑައިގެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ، ސިންގަޕޫރުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު