ރައީސް މުޢިއްޒު އެކްސްގައި ޙިއްސާކުރައްވާފައިވާ ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނުގެ ފޮޓޯީފުޅެއް

ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ޢަބްދުލްހަންނާން ހަލީމް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ނާޞިރު ދައުރުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރު ކަން ކުރެއްވި ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ގުޅިގެން އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަޤާމުގައި ދައުލަތަށް ޚިދުމަތްކުރައްވައި، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުކަމާއި އެނޫން އެތައް ޚިދުމަތްތަކެއްވެސް ދިގު މުއްދަތެއްގައި ޤައުމަށް ކޮށްދެއްވާފައިވާ، ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމަކީ ޤައުމަށް ލިބުނު ފުން ހިތާމައެއް ކަމުގައެވެ.

"މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަމެވެ. އަދި ﷲ ގެ ރުއްސެވުމާ ފުއްސެވުމުގައި އެ ކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވުން އެދި ހެޔޮ ދުޢާ ކުރަމެވެ." ރައީސް ވިދާޅުވިއެވެ.

ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ.

ޢަބްދުލްހަންނާން ހަލީމަކީ ރައީސް ނާޞިރުގެ ވެރިކަމުގައި އެކުލަވާލެއްވި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން އެންމެ ފަހުން ހުންނެވި ބޭފުޅާއެވެ.

1968 އިން 1978 އަށް ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވި، ޢަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ރައީސް އިބްރާހިމް ނާޞިރަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 12 ޑިސމެމްބަރ 1957ގައެވެ. އަދި، އެމަނިކުފާނަކީ ދިވެހިރާއްޖޭގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. ރައީސްކަމާ ހަވާލުވެވަޑައިގަތީ 11 ނޮވެމްބަރ 1968ގައެވެ. މި މަޤާމުގައި 10އަހަރު ދުވަސްވަންދެން ހުންނެވުމަށްފަހު އެމަޤާމުން 11 ނޮވެމްބަރ 1978ގައި އިސްތިޢުފާ ދެއްވުމަށްފަހު  ރާއްޖެ ދޫކުރައްވައި ވަޑައިގެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ، ސިންގަޕޫރުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު