16 ފެބުރުވަރީ 2025
ޣައްޒާގެ ދެކުނުން، ރަފާހުގެ ހުޅަނގު އުތުރުގައި އޮންނަ ސުލްތާން ސަރަހައްދަށް އިސްރާއީލުގެ ޑްރޯންތަކުން ހަމަލާދީ ބޮން ގޮއްވާލުމުން ދުންއަރަނީ ފޮޓޯ: އޭއެފްޕީ

އިސްރާއީލާއި ލުބްނާނުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވަނީ

ޣައްޒާ (19 ޖޫން 2024):  އިސްރާއީލުގެ ވައިގެ ހަމަލާތައް ދެމުންދާ ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު، ލުބުނާނުގެ ހިޒްބުالله ގެ ހަރަކާތާ ދެކޮޅަށް "ހަމަލާއެއް" ދޭން ތައްޔާރަށް އޮތް ކަމުގެ އިންޒާރު އިސްރާއީލުގެ އަސްކަރިއްޔާއިން ދީފިއެވެ.

ހުޅަނގު ރަފާހަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކާއި  ޑްރޯން ހަމަލާތަކުގައި ހަތް މީހަކު މަރުވެފައިވާ ކަމަށް، ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ވަނީ  ބުނެފަ އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ކޮންމެ ދުވަހަކު ވެސް އިރުމަތީ ރަފާހުގެ މައިމަގެއްގައި ހިނގަމުންދާ ހަނގުރާމަ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްޓާލާނެ ކަމަށް އިއުލާނު ކުރި ނަމަވެސް، އޭގެ ދުވަސްތަކެއް ފަހުން އދ.ގެ ތަރުޖަމާނު ވިދާޅުވީ، އަދިވެސް ހާލުގައި ޖެހިފައިވާ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބަދަލެއް އައިސްފާ ނުވާކަމަށެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމާސްއިން ދިން ކުއްލި ހަމަލާގެ ސަބަބުން، އިސްރާއީލުން ފެށި ހަނގުރާމަ އަށް މަހަށް ދެމިގެން ދިޔައިރު، ފަލަސްތީނުގެ ސަރަހައްދުގައި ބަނޑުހައިހޫނުކަން އިންތިހާއަށް ގޮސް، އިންސާނީ ހާލަތު ގޯސްވެފައިވާކަމުގެ އިންޒާރުތައް  އދ. ތަކުރާރުކޮށް އަންނީ ދެމެންނެވެ.

ޣައްޒާއާއި މިސްރާއި ދެމެދު އޮންނަ ރަފާހު ބޯޑަރު ބަންދުކޮށްފައިވަނީ މެއި މަހުގެ ކުރީކޮޅު އިސްރާއީލު ސިފައިން ފަލަސްތީނަށް ވީ ފަރާތަށް އަރައި އެބިންތައް އަތުލުމަށް ފަހުއެވެ. އިސްރާއީލުގެ ބޯޑަރު ކައިރީގައި އޮންނަ ކެރެމް ޝަލޯމް ބޯޑަރު ވެސް ހުޅުވަނީ އެ ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ވަރަށް މަދު ވަގުތު ކޮޅަކަށް މުހިއްމު ބޭނުންތައް ކުރުމަށް ކަމަށް، އދގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ހައްގު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފާއިތުވި ހަފުތާތަކުގައި ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ރަނގަޅަށް އެހީ ފޯރުކޮށްދެވުނު ނަމަވެސް ދެކުނު ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ.

އީރާނުގެ ތާއީދު އޮންނަ ހަމާސްގެ އެކުވެރި ޖަމާޢާތްތަކުން މި ހަނގުރާމާގައި ބައިވެރިވުމުގެ ސަބަބުން، ހަނގުރާމާގެ ނުތަނަވަސްކަން ދުވަހެއް ދުވަހަކަށް ދަނީ ހޫނުވަމުންނެވެ. އިސްރާއީލަށް ގޮތް ހުސްވަމުންނެވެ.

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ހަމާސް ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދީ އެހީތެރިވެދޭ ކަމަށް ބުނެ، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ ދުވަހަކު ލުބުނާނުގެ ބޯޑަރު ހުރަސްކޮށް ހިޒުބުﷲގެ ހަނގުރާމަވެރިންނާ ދެމެދު އިސްރާއީލުގެ ސިފައިން އަންނަނީ ހަމަލާ ބަދަލުކުރަމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހުގެ ރޭ ބުނީ ލުބްނާނުގައި ހިޒުބުﷲއަށް އަމާޒުކޮށް ހަމަލާއެއް ދޭން ރާވާފައިވާ އޮޕަރޭޝަނަލް ޕްލޭންތަކަށް އިސްރާއީލުގެ ކެބިނެޓުން ރުހުން ދީ  އެ ޕްލޭން ސައްހަކޮށްފައިވާ ކަމަށެވެ.

ބުދަ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެމީހުންގެ ހަނގުރާމަ މަތީ މަތިންދާބޯޓުތައް ލުބުނާނުގެ ދެކުނުގެ ހިޒްބުاللهގެ ތަންތަނަށް ރޭގަނޑު ހަމަލާދީފައިވާ ކަމަށެވެ. އެހަމަލާ ދިނީ  އިސްރާއީލުގެ އުތުރުގެ ބޯޑަރު ޓައުން މެޓޫލާ ކައިރިއަށް ޑްރޯނެއް ވަދެފައިވާ ކަމަށް ހަމަލާދިން ކަމަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ހިޒުބުﷲ އިން ވަނީ އެމީހުންގެ ދެ ހަނގުރާމަ ވެރިން ޝަހީދުވެފައިވާ ކަމަށް އިޢުލާން ކޮށްފައެވެ.

ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ހެނދުނު އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް  ވަނީ ހަމަލާދީފައެވެ. އޭގެ ތެރޭގައި ބޯޑަރު އަވަށެއް ކަމަށްވާ ޚިއާމް ވެސް ހަމަލާ ދީފައިވެއެވެ. އެ އަވަށުން އޭއެފްޕީގެ ފޮޓޯގްރާފަރަކަށް ދުމުގެ ބޮޑު ވިލާގަނޑެއް ވަނީ ފެނިފައެވެ.

ލުބްނާނުގައި ހަމަލާއެއް ދޭން ރާވާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފައިވާއިރު، ހިޒްބުالله  މުޅިން "ހަނގުރާމައެއްގައި ހަލާކުވެދާނެ" ކަމުގެ އިންޒާރު އިސްރާއީލުގެ ޚާރިޖީ ވަޒީރު ކާޓްޒް ދެއްވާފައި މިވަނީ އެމެރިކާގެ މަންދޫބު އަމޯސް ހޮޗްސްޓެއިން އިސްރާއީލަށް ޒިޔާރަތްކުރައްވައި، ހަމަނުޖެހުން ހުއްޓާލުމަށް ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ސީރިޔާގެ ދައުލަތުގެ މީޑިއާއިން ބުނީ އެގައުމުގެ ދެކުނުގެ އަސްކަރީ ތަންތަނަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަސްކަރިއްޔާގެ އޮފިސަރަކު މަރުވެފައިވާ ކަމަށެވެ. މި ރިޕޯޓާ ގުޅިގެން އިޒްރޭލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޣައްޒާގައި ހަމާސްއާ ގުޅިގެން ހަނގުރާމަކުރަމުން އަންނަ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން ބުނީ އިސްރާއީލުން ހުޅަނގު ރަފާހަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުގެ ސިފައިންނާ ހަނގުރާމަ ކުރަމުންދާ ކަމަށެވެ.

މަންޒަރު ދުށް މީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރީ ވެހިކަލްތައް ސައުދީ އާ އަވަށްޓެރި ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް އެގައުމުގެ ތަކަށް ވަންނަތަން ފެނިފައިވާއިރު، އޭގެ ފަހުން ރޭގަނޑު ބަޑީގެ ހަމަލާތައް ހިނގާފައިވެއެވެ.

ޣައްޒާގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކުގައި ވެސް ރޭގަނޑު ކުރިމަތިލުންތައް ހިނގާފައިވާއިރު، ޣައްޒާ ސިޓީގެ ޒީތުން އަވަށުގައި ބަޑީގެ ހަމަލާތައް ދިންކަމަށާއި ބޮޑެތި ގޮވުންތައް ގޮވިކަމަށް މަންޒަރު ދުށް މީހުން ވަނީ ރިޕޯޓްކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު