7 ޑިސެންބަރު 2024

މަނަދޫ އަޒީގެ ޅެންހާރު: ނަޞްރު މަތިވެރި ދެއްވަވާފާނދޭ

* ރާގު: ނަޖަޓުކޯ ޒުލްފުސޭޕާނީ..

ފަލަސްޠީނަށް އިލާހުގެ ނަޞްރު މަތިވެރި ދެއްވަވާފާނދޭ
ފަލަސްޠީނުގެ ބިމަށް ރަޙްމަތުގެ ވާރޭ ވެއްސަވާފާނދޭ
ޔަތީމުވެފައި އެތިބަ މަޢުޞޫމު ނިކަމެތި ތުއްތު ޅަދަރީންނަށް 2
މަތީރަޙްމަތުގެ ތާއަބަދަށް ތިބުން މިންވަރުކުރައްވާނދޭ
ލިބޭ އަނިޔާތަކާއެކު ޒަޚަމުވާ އަޚްނާއި އުޚްތުންނަށް 2
ލިބޭވޭން ލުއިކުރައްވައި ހަލި ޝިފާއެއް ދެއްވަވާފާނދޭ
ޝަހީދުވެދާ ފަލަސްޠީނުގެ އަޚުންނާ އުޚްތުނަށް ހުރިހައި 2
މަތީދަރަޖައިގެ ނިޢުމަތްތައް ސުވަރުގޭން ދެއްވަވާފާނދޭ
ޔަހޫދީ ޡާލިމުންގެނުބައިވި އަނިޔާ ދުރުކުރައްވާފައި 2
ޔަހޫދީން ބަލިކުރައްވައި ދުނިއިން ނިކަމެތިކުރައްވާނދޭ
ޔަހޫދީންނަށް މަދަދުވެރިވާ މުނާފިޤުނަށް އެތިބަހުރިހައި 2
ޔަހޫދީންނާއެކީ ހިތްދަތި ދުވަސްތައް ދައްކަވާފާނދޭ
އަބަދު މުސްލިމްލެޔާ ދުޝްމިން ޔަހޫދީންނަށް ނުބައިނުލަފާ 2
އަބަދު ވޭންދެނިވި ކެކުޅުމުގައި ތިބުން މިންވަރުކުރައްވާނދޭ

3 ޖޫން 2024
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *