މަނަދޫ އަޒީގެ ޅެންހާރު: ހިތަށް ކުޅަދާނައެއް ނޫނޭ

* ރާގު: ސަލާމާ ލޯބިޝުކުރިއްޔާތަކުން…

ހިތަށް މިކުރާއަސަރު ދުލަކުން ބަޔާންކުރެވޭވަރެއްނޫނޭ
އެތަންފެނުމުން ލޮލުންލޭކަރުނަތައް ނުއޮހޭވަރެއްނޫނޭ
މިއަދު ޣައްޒާ އެ އޮތްޙާލަތު ތަސައްވުރުކުރެވިގެން އައިމާ 2
(ތަސައްވުރުކުރެވިގެން އައިމާ)
މިއަދު ހަމްދަރުދުގައިހިތް އުތުރިގެން ނާރާވަރެއްނޫނޭ
ފަލަސްޠީނުގެ އަޚުން އުޚްތުން އެއުފުލާ ވޭންތަކާ ކެކުޅުން 2
(އެއުފުލާ ވޭންތަކާ ކެކުޅުން)
ބަލަން އެ އަސަރުތަކާ ގިސްލުން ހިތަށްް ކުޅަދާނައެއްނޫނޭ
ލެއިން ތަތްތެޅި އެތިބަ ޅަދަރީން އެވާޙާލަތު ލޮލަށްފެނުމުން:2
(އެވާޙާލަތު ލޮލަށްފެނުމުން)
އެއިން ހިތުގައި އުފައްދާވޭން ތަޙަންމަލް ވާވަރެއްނޫނޭ
މަރަށްދެމިދެމި އެތިބަ ނިކަމެތިވި އިންސާނުންގެ އާދޭސްތައް 2
(އެ އިންސާނުންގެ އާދޭސްތައް)
ވަރަށް ކެތްތެރިކަމާއެކުވެސް އަހަން ކުޅަދާނައެއްނޫނޭ
ލެއިން މަޢުޞޫމު ހަށިތަކަކުން ބިމެއްގައި ކޯރުހެދިދާއިރު 2
(ބިމެއްގައި ކޯރުހެދިދާއުރު)
ލެޔަށް މުސްލިިމްދިވެހި ކުރުވާ އަސަރު ނުލިޔޭވަރެއްނޫނޭ
ނުބައި އަނިޔާގެ ޙައްދެއްނެތި ހިނގާއިރު ދުނިޔެ ހަނުއޮތުމުން 2
(ހިނގާއިރު ދުނިޔެ ހަނުއޮތުމުން)
ކޮބައިހޭ؟ ޙައްޤު އިންސާނީ އަހައިނުލެވޭވަރެއްނޫނޭ

4 ޖޫން 2024
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *