12 ފެބުރުވަރީ 2025
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ދިވެހި ޙައްޖުވެރިންނާއެކު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ދިވެހި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ޚިދުމަތްތަކާމެދު އިސްލާމިކް މިނިސްޓަރުގެ ޝުޢޫރު

މިއަހަރު ދިވެހި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ޚިދުމަތާމެދު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޝުޢޫރު ޙިއްސާކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިޔާ ގްރޫޕުގައި ޑރ. ޝަހީމް ވަނީ، ﷲ ގެ ރަޙުމަތުން ޙައްޖު އޮޕަރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، މިފަހަރު ހައްޖުގައި ދިވެހި ޙާޖީންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވުނެވެ.

  • ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު.
  • ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު. ޑައިލެލިސް ހަދާ ފަރާތަކާއި، ކެންސަރު ފަރުވާ ނަގާ ބައެއް ބޭފުޅުން، ހިތުގެ ބަލި ހުންނަ ބައެއް
  • ބޭފުޅުން ހާޖީންގެ ތެރޭގައި ތިބި. އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު.
  • އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު.
  • މަގު އޮޅުނު 100 އެއް ހާ ހާޖީން ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު.
  • ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު.
  • ވީލްޗެއާގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު. އެންމެނަށް އެހީތެރިކަން ދެވުނު.
  • އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ.

މިނިސްޓަރު ވިދާޅުވީ، މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި ކަމެއް ހުރި ކަމަށާއި، އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.

މިނިސްޓަރު ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުރާލި މުވައްޒަފުންނާއި ހިއްވަރުގަދަ އެހީތެރިންނަށާއި، ހައްޖު މިޝަންއާއި، ހާޖީންނަށް އެހީވި މަދީނާގެ ކިޔަވާ ކުދިންނަށް އަދި ޚާއްޞަ ކޮށް ބޮޑު ކައްކާ ވަހީދުބެ އަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ. ޝަހީމް ބޮޑު ކައްކާ ވަހީދުބެއާއެކު

ޑރ އާދަމް ޝަމީމާއި އިލްމުވެރި އެންމެހައި މުރުޝިދުންނަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

ދިވެހި ހާޖީންގެ ކަންކަން ކަވަރ ކުރި މީޑިއާތަކާއި، ޚާއްޞަކޮށް އިސްލާމިކް ސްޓޫޑިއޯގެ ޓީމް، އަދި ޕީއެސްއެމްގެ ޓީމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ސައޫދީ ސަރުކާރަށާއި ހައްޖު މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

"ރަނގަޅުކުރަންޖެހޭ ކަންތަށްތަކެއް ވަނީ ފާހަގަކުރެވިފަ. އިންޝާ ﷲ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ ޙައްޖު ކޯޕަރޭޝަންގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރެވެ.

"ﷲ ގެ ރަޙުމަތުން ޙައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރަން. އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ. އިންސާނުންނަކީ އުނިބައެއް." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހާޖީއަކު ޠަބީއީ މަރަކުން މަރުވި ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"މައްޔިތާއަށް ރަޙުމަތް ލައްވާށި. އެންމެހައި ހާޖީންނަށް މަބްރޫރު ހައްޖަކަށް އެދެން. އާމީން." މިނިސްޓަރު ހެޔޮ ދުޢާކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު