18 ޖަނަވަރީ 2025

ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.

އެ ކުއްޖާ ގެއްލިގެން ހޯދަމުންދާ ކަމަށް ވިދާޅުވެ، ދިވެހި ފުލުހުންގެ ޚިދުމަތުން ކުއްޖާގެ ފޮޓޯއާއެކު ވަނަވަރު އާންމުކުރީ އިއްޔެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީއެވެ. އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށާއި ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން އޭރު ވިދާޅުވެފައިވެއެވެ.

ޔަލްވީ ފެނިފައިވާ ކަން ފާހަގަކުރައްވަމުން ފުލުހުން ވިދާޅުވީ އޭނާ ގެ ހާލު ރަނގަޅު ކަމަށެވެ. ޚަދީޖާ ޔަލްވީ ގެއްލިގެން މިދިޔަ ފެބްރުއަރީމަހުވެސް ފުލުހުން އިޢުލާނުކުރިއެވެ.

ގުޅުންހުރި:

14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު